ސަރުކާރު ބަންދުވިޔަސް ބުދަ، ބުރާސްފަތީގައި އައިޑީ ކާޑު ދޫކުރާނެ

އައިޑީ ކާޑެއް މީހަކަށް ދޫކުރަނީ--- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު، ސަރުކާރު ބަންދުވިޔަސް އައިޑީ ކާޑު ދޫކުރާނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން، (ޑީއެންއާރުން) ބުނެފިއެވެ.

މި ހަފްތާގެ ބުދަ ދުވަހަކީ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކީރިތި ރަސޫލާ (ސއވ) ގެ އީދުމީލާދީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އަދި ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ބަންދުކޮށްފައި ވަނީ އެދުވަހާ ގުޅުވައިގެންނެވެ.

ޑީއެންއާރުން ބުނީ، އެ ދެދުވަހު ސަރުކާރު ބަންދު ނަމަވެސް އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް އައިޑީ ކާޑު ދޫކުރާނެ ކަމަށެވެ.

އެގޮތުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00އާއި ހަމައަށް އެ ފުރުސަތު ދޭން ވަނީ ނިންމާފައެވެ.

comment ކޮމެންޓް