ގޭޓް ޗާޖްޑް އެންޑް ވިން: ގިނަ އަދަދެއްގެ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް

ވޭތުވެ ދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ފެށި 'ގެޓް ޗާޖްޑް އެންޑް ވިން' ޕްރޮމޯޝަނާ އެކު ގިނަ އަދަދެއްގެ ނަސީބުވެރިންނަށް ތަފާތު އަގުހުރި އިނާމުތަކެއް ލިބިގެންދާނެ ކަމަށް ކޮކަކޯލާއިން ބުނެފިއެވެ.

ކޮކާކޯލާއިން ބުނީ ޕްރޮމޯޝަން ކުރިއަށްދާއިރު، ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ލިބިދީފައިވާ ހަތަރު ގުރުއަތުލުމެއް ބާއްވާ ނަސީބުވެރިން އިއުލާނުކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކެފެއިން އެކުލެވޭ ޗާޖްޑް ބުއިމުގެ ތާޒާ ރަހަ އަޖުމަ ބަލާލުމާ އެކު، ކާޑު ކޮޅެއްގައި ހިމެނޭ ކޯޑު ކަހާލައިގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފޯރި އަންނަނީ ނަގަމުންނެވެ.

ގެޓް ޗާޖްޑް އެންޑް ވިން--

މިހާތަނަށް ހަތަރު ގުރުއަތުލުން ބާއްވާފައިވާއިރު، ކޮންމެ ގުރުއަތެއް ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް)އިން ރޭގަނޑު 9:30ގައި ލައިވްކޮށް ދައްކާފައިވެއެވެ. މި ޕްރޮމޯޝަންގެ ތެރެއިން ބެނެލީ މޮޓޯސައިކަލް ހޯދީ މުހައްމަދު އާދަމް، އެމްޑީ މުޝައްރަފް، މުހައްމަދު ރަސެލް ހުސައިން އަދި އަހުމަދު ޒާހިރެވެ.

އެ މީހުން ވަނީ އެ އަގުހުރި އިނާމު ލިބުމުން އުފާވެ، ހުވަފެންތައް ހަގީގަތަކަށް ހަދައިދިން ކަމަށްޓަކައި ޗާޖްޑްއަށް ޝުކުރު އަދާކޮށްފައެވެ. އަދި، ހެލްމެޓާއި ޗާޖްޑް ކޭސްތައް ލިބުނު ނަސީބުވެރިން ވެސް ވަނީ އެ ފަރާތްތަކަށް ލިބުނު އިނާމާ މެދު އުފާކޮށް، އެހެން މީހުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހިތްވަރުދީފައެވެ.

ލޯންޗު ހަރަކާތަކާ އެކު ފެށި 'ގެޓް ޗަރޖްޑް އެންޑް ވިން' ޕްރޮމޯޝަންގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ތަރިން ވެސް ބައިވެރިވެފައިވެއެވެ.

ކޮކާކޯލާއިން ބުނީ ސައިކަލާއި ހެލްމެޓާއި ޗާޖްޑް ކޭސްތައް ފަދަ ހިތްގައިމު އިނާމުތައް ލިބުމުގެ އުފާވެރިކަން އިހުސާސްކޮށްލުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އަދި، ޗާޖްޑް ދަޅެއް ގަންނައިރު ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ އެ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626 އަށް ފޮނުވުމުން 'ގެޓް ޗަރޖްޑް އެންޑް ވިން' ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ މި މަހުގެ 24 ވަނަ ދުވަހު ވެސް އަދި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ދެ ގުރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ބެނެލީ ލިއޮސިންސޯ 250 ގެ މޮޓޯ ސައިކަލެއް ލިބޭނެ ކަމަށް ވެސް ކޮކާ ކޯލާއިން ބުނެއެވެ.

ދުވަހުން ދުވަހަށް ގުރުއަތުލުންތަކެއް ބާއްވާ، ނަސީބުވެރިން ގަވާއިދުން ޗާޖްޑް މޯލްޑިވްސްގެ އިންސްޓަގްރާމް ޕޭޖުގައި އިއުލާނު ކުރާއިރު، ޗާޖްޑް ބްރޭންޑުގެ ހެލްމެޓެއް ނުވަތަ ދަޅު ކޭހެއް ހޮދުމުގެ ފުރުސަތު ވެސް އޮތް ކަމަށް އެ ކުންފުނިން ބުނެއެވެ.

ގެޓް ޗާޖްޑް އެންޑް ވިން--

ކޮކާކޯލާ ކުންފުނިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އިތުރު ކުރިއެރުމެއް ގެނެސްދޭ، ކެފެއިން އެކުލެވިގެންވާ ބުއިމެއް ކަމަށްވާ ޗާޖްޑް ކާމިޔާބުކަމާ އެކު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފައިވާއިރު، 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން ބޭނުންކުރުމަށް އެ ކުންފުނިން ގެންގުޅޭ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޗާޖްޑް ލިބެން ހުންނާނީ 100 އިންސައްތަ ރިސައިކަލް ކުރެވޭ، 250 އެމްއެލްގެ އެލުމިނިއަމް ދަޅުގައެވެ. މި ބުއިން ރާއްޖޭގެ ބޮޑެތި ސުޕަމާޓުތަކުންނާއި އާންމު ފިހާރަތަކުންނާއި ހޮޓާ ރެސްޓޯރެންޓްތަކުން ވެސް މިހާރު ލިބެން ހުންނާނެއެވެ.

ޗާޖްޑް އަދި އެ ބްރޭންޑުގެ ޕްރޮމޯޝަންގެ އިތުރު އަދި އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްޓަކައި، ފޭސްބޫކް އިންސްޓާގްރާމް އަދި ޔޫޓިއުބުގެ ވެސް ޗާޖްޑްމޯލްޑިވްސްއަށް ފޮލޯ ކުރުމުން އެ މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް