އޭޝިއަން ކަޕްގެ ކޮލިފައިނަށް ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާންކޮށްފި

ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ތަމްރީނުތަކުގައި -- ފޮޓޯ/ ސިޑިބަރި

އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާންކޮށްފިއެވެ.

އަންނަ މަހު ކިރްގިސްތާނުގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމު އެކުލަވާލާފައިވަނީ އިއްޔެއެވެ. އެ ސްކޮޑުގައި ވަނީ 14 ކުޅުންތެރިޔަކު ހިމަނައިފައެވެ.

ގައުމީ ފުޓުސަލް ޓީމުގެ ސްކޮޑު:

  • ހުސެއިން ޝަރީފް (އޮންލީ)
  • އަބްދުﷲ ޝާފިއު (ޝާއްޕެ)
  • އިސްމާއިލް ވަޖީހު (ވައްޖެ)
  • ޔާމީން މުހައްމަދު (ޔާންޓެ)
  • އިޝާން އިބްރާހިމް (ސައްޓު)
  • ހުސެއިން ސުހައިލް (ސޮކޭ)
  • އަލީ ހާފިޒް (ހާއްޕެ)
  • ހުޒައިފަތު ރަޝީދު (ހުޒޭ)
  • މުހައްމަދު އިމްރާން (އިންމި)
  • ސާމިން މުހައްމަދު ނަސީރު
  • ޒައިދާން އަހުމަދު (އަސޫ)
  • ފައްޔާޒް ފަޔާޒް (ފައިއްޓެ)
  • އަލީ ޝިޔާހު (ޝިޔާ)
  • އަލީ މާއިސް (މައްޓު)

އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ހަތްވަނަ ދުވަހު ނުކުންނަން ޖެހޭނީ އީރާނާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ ނުވަވަނަ ދުވަހު ލުބުނާނާ ދެކޮޅަށް ނުކުންނަ އިރު، އަންނަ މަހުގެ 11 ވަނަ ދުވަހު ނުކުންނަން ޖެހޭނީ އަމިއްލަ ގައުމުގައި ކުޅޭ ކިރްގިސްތާނާ ދެކޮޅަށެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި ވެސް ރާއްޖޭގެ ޓީމަށް އިރުޝާދުދޭނީ އަބްދުﷲ ނަސީރު (އަބޯ) އެވެ. އަދި އޭނާގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނީ އަހުމަދު ވިޝާލް (އަންދު) އާއި އަހުމަދު ތޯހާއެވެ.

comment ކޮމެންޓް