ބެޓިސްއާ ގުޅުމަކީ ފަސޭހަ ނިންމުމެއް: އިސްކޯ

ރެއާލް ބެޓިސްގެ ސްޕެއިން މިޑްފީލްޑަރު އިސްކޯ -- ފޮޓޯ/ ގެޓީ

ރެއާލް ބެޓިސްއާ ގުޅުމަކީ ފަސޭހަ ނިންމުމެއް ކަމަށް އެ ކްލަބާ ގުޅިފައިވާ ރެއާލް މެޑްރިޑުގެ ކުރީގެ މިޑްފީލްޑަރު އިސްކޯ ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ސްޕެއިން މިޑްފީލްޑަރު މިދިިޔަ ޖުލައި މަހު ސެވިއްޔާ އިން ދޫކޮށްލުމުން ހުރީ އެއްވެސް ކްލަބެއް ނެތިއެވެ. އިސްކޯ ބުނީ ބެޓިސް އިން ހުށަހެޅުމުން، އުނދަގޫ ކަމަކަށް ވެފައިނުވާ ކަމަށެވެ.

"އަހަރެންނަށް ބެޓިސް އިން ގުޅުމާއެކު، އެކަން އުނދަގޫ ކަމަކަށް ނުވި. ބަލައިލުމުން ވެސް އެނގޭނެ ބެޓިސްއަކީ މުހިންމު ކްލަބެއްކަން. މި ކްލަބުގެ އޮތީ ސީރިއަސް ޕްރޮޖެކްޓެއް. ބޭނުންވަނީ ކުރިއަރައިގެން ދާން،" އިސްކޯ ބުންްޏެވެ.

އިސްކޯ ބުނީ މަލާގާގައި ހޭދަކުރި ދުވަސްތަކުގައި އެއްކޮށް މަސައްކަތްކުރި ކޯޗު މެނުއަލް ޕެލެގްރީނީއާއެކު އަލުން މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށާއި ޕެލެގްރިނިއާއަށް އޭނާގެ ހާލަތު ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި މުޅި ފޯކަސް ބަހައްޓާނީ ފުޓުބޯޅައަށް ކަމަށް އޭނާ ބުންޏެވެ.

ސްޕެނިޝް ލަލީގާގައި ބެޓިސް އިން މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނާނެއެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗަށް ބެޓިސް ނުކުންނާނީ ރާއްޖެގަޑިން މިރޭ 12:00 ގައެވެ.

comment ކޮމެންޓް