އެމިރޭޓްސްއާއި، މޯލްޑިވިއަންގެ އިންޓާލައިން ޕާޓްނާޝިޕާއެކު، އެމިރޭޓްސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ އިތުރުން، ދުނިޔޭގެ މަޝްހޫރު އިތުރު 16 މަންޒިލަކަަށް ދަތުރު ކުރުމުގެ ފުރުސަތު ފަހިވެއްޖެއެވެ.
މިދިޔަ އަހަރު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ސަބަބުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ ރަށްތަކަށް ދަތުރުކުރުމަށް އެތައް ގުނައެއް ފަސޭހަވެގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ ކެރިއާސް ސާވިސްއާ ނެޓްވޯކް ގެ ޚިދުމަތައް ވެސް އެއް ޓިކެޓް މިހާރު ބޭނުން ކުރެވޭނެ ކަމަށެވެ.
މާދަމާއިން ފެށިގެން އެމިރޭޓްސް ގެ ވެބްސައިޓުން ނުވަތަ މޯބައިލް އެޕް ނުވަތަ ޓްރެވެލް އެޖެންޓެއް މެދުވެރިކޮށް ފްލައިޓުތައް ބުކް ކުރެވޭނެ ކަމަށވެސް އެ އެއާލައިންއިން ބުނެއެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އެމިރޭޓްސް ގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާން ކާޒިމް ބުނީ މޯލްޑިވިއަން އާ އެކު ޕާޓްނާޝިޕެއް ގާއިމު ކުރުމަކީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެމިރޭޓްސް އާއި މޯލްޑިވިއަންއާ ދެމެދު މި ވެވުނު އެއްބަސް ވުމާއެކު އެމިރޭޓްސް ގެ ކަސްޓަމަރުންނަށް މާލެއިން ވަރަށް ގިނަ ރަށްރަށުގެ އެއާޕޯޓުތަކަށް ދަތުރު ކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ދަރަވަންދޫ އެއާޕޯޓު
- ފަރެސްމާތޮޑާ އެއާޕޯޓު
- ފުނަދޫ އެއާޕޯޓު
- ފުވަމުލަކު އެއާޕޯޓު
- ގަން އައިލެންޑް އެއާޕޯޓު
- ކޫއްޑޫ އެއާޕޯޓު
- ހަނިމާދޫ އެއާޕޯޓު
- ކުޅުދުއްފުށީ އެއާޕޯޓު
- ހޯރަފުށީ އެއާޕޯޓު
- ކާޑެއްދޫ އެއާޕޯޓު
- ކައްދޫ އެއާޕޯޓޫ
- މަޑިވަރު އެއާޕޯޓު
- މާފަރު އިންޓަނޭޝަނަލް އެއާޕޯޓު
- މާވަރުލު އެއާޕޯޓު
- ތިމަރަފުށީ އެއާޕޯޓު
- އިފުރު އެއާޕޯޓު
މީގެ އިތުރުން ޗުއްޓީ ދުވަސްތައް ރިސޯޓު ތަކުގައި ހޭދަކުރަން ބޭނުންވާ ކަސްޓަމަރުންނަށްވެސް ސީޕްލޭން ނުވަތަ ބޯޓުގެ އެހީގައި އެ ކަސްޓަމަރެއްގެ އެންމެ ފަހު މަންޒިލަށް ވާސިލު ވުމަށް ފަސޭހަވާނެއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ޕާޓްނާޝިޕް ކުރިއަރަމުންދާ ވަރަކަށް މިހާރު ކަސްޓަމަރުންނަށް ލިބެމުންދާ ޚިދުމަތްތަކަށް ވުރެ ގިނަ ޚިދުމަތްތައް ލިބެމުންދާނެ ކަމަށެވެ.
އެވޯޑް ހާސިލު ކޮށްފައިވާ މި ގްލޯބަލް އެއާލައިންގެ ޚިދުމަތް މާލެއަށް 1987 ވަނަ އަހަރު ފަށައިފައިވާއިރު، މިހާރު ރާއްޖެއާއި ދުބާއީ އާ ދެމެދު ހަފުތާއަކު 28 ފްލައިޓް ދަތުރުކުރެއެވެ.