ހުޅުމާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދުން އަރަނީ--

ހުޅުމާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގައިފައި ވަނީ ހުޅުމާލޭ އާމިން އެވެނިއު ކައިރީގައި ހުރި ގެއެއްގެ ޓެރެސް ގައެވެ.

އަލިފާން ރޯވިކަމަށް އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނުގެ 8:39 ހާއިރުއެވެ. ވަރަށް ބޯކޮށް ދުންއެރި ނަމަވެސް 9:00 ހާއިރު ވަނީ އެ އަލިފާންގަނޑު ނިއްވާލާފައެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އަދި އަލިފާނުގައި މީހަކަށް އަނިޔާ ވެފައިވާކަމެއް ނުވަތަ ނުވާކަމެއް އަދި ސިފައިން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު ހުޅުމާލެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާއިރު މި މަހުގެ ހަ ވަނަ ދުވަހު މާލޭގައިވެސް ވަނީ އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފައެވެ. އެއް ހާދިސާގައި، ވަރަށް ދުވަސްވަންދެން ވިޔަފާރިކުރަމުން އައި ފިހާރައެއް އަނދާހުލިވެފައިވެއެވެ.

comment ކޮމެންޓް