ލިންކު ރޯޑުގެ އެއް ލޭނު ކޮންމެ ދުވަހަކު ދޮޅުގަޑިއިރަށް ބަންދު ކުރަނީ

ހައިވޭއިން މީހަކު ދުއްވާފައި ދަނީ: -- ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲ

މާދަމާއިން ފެށިގެން މި މަސް ނިމެންދެން ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ލިންކު ރޯޑުގެ ބައެއް ސަރަހައްދުތަކުން އެއްލޭނު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ލިންކު ރޯޑުގެ ބައެއް ސަރަހައްދު ތަކުން އެއްލޭނު ބަނދުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ލިންކު ރޯޑުގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތްތަކެއް ކުރުމަށްކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މާދަމާއިން ފެށިގެން މި މަސް ނިމެންދެން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން ފެށިގެން 11:30 އާ ހަމައަށް ލިންކު ރޯޑުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ލިންކުރޯޑުގެ ބައެއް ސަރަހައްދުތައް ބަންދުވި ނަމަވެސް އާންމު ދަތުރުފަތުރުތައް ކުރިއަށް ދާނެ ކަމަށެވެ.

comment ކޮމެންޓް