އައިއޯއައިޖީގެ ކާމިޔާބީ ހޯދި ބީއެމްއެލްގެ ސްޕޯޓްސް ސްކޯލާޝިޕް އެތުލީޓުންނަށް ހޫނު މަރުހަބާ!

އައިއޯއައިޖީގައި އެތުލީޓުން ހޯދި ކާމިޔާބީއަށް ބީއެމްއެލްގެ މުވައްޒަފުން މަރުހަބާ ކިޔަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އިންޑިއަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެ ތަމްސީލުކޮށް ކާމިޔާބު ހޯދި އެ ކުންފުނީގެ ސްކޯލާޝިޕް އެތްލީތުންނަށް މަރުހަބާ ކިޔަން ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

ބީއެމްއެލްގެ މެއިން ބްރާންޗު ކައިރީ، ލޮޓަސް ގޯޅީގައި ބޭއްވި މި ހަރަކާތުގައި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް އެތުލީޓުންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ.

ބީއެމްއެލްއިން ބުނާ ގޮތުގައި އައިއޯއައިޖީގައި ކާމިޔާބު ހޯދި ހަ އެތުލީޓިންނަކީ ބީއެމްއެލް ސްޕޯޓްސް ސްކޯލާޝިޕްގެ ދަށުން ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފަހިކޮށްދީފައިވާ އެތުލީޓުންނެވެ.

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލްސްޓުމްކަ ވިދާޅުވީ އެ އެތުލީޓުން މި ފަދަ ކާމިޔާބީއެއް ހޯދުމަކީ ކުންފުންޏަށް ލިބުނު ފަހުރަކާއި އުފަލެއް ކަމަށެވެ.

އައިއޯއައިޖީގައި އެތުލީޓުން ހޯދި ކާމިޔާބީއަށް ބީއެމްއެލްގެ މުވައްޒަފުން މަރުހަބާ ކިޔަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ސްކޮލާޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން

  • މޫސާ މުންސިފް އަހްމަދު ( ޓޭބަލް ޓެނިސް) - މިކްސް ޑަބަލްސް (ރަން މެޑަލް)، މެންސް ޑަބަލްސް (ރިހި މެޑަލް)، އަދި މެންސް ޓީމް އިވެންޓް (ރިހި މެޑަލް)
  • ފާތިމަތު ޖުމާނާ ނިމާލް ( ޓޭބަލް ޓެނިސް) - ވިމެންސް ޓީމް އިވެންޓް (ރަން މެޑަލް)
  • މަރިޔަމް ރުއުޔާ އަލީ (އެތުލެޓިކްސް) - ވިމެންސް 4x100 ރިލޭ (ލޯ މެޑަލް)
  • ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން) - ވިމެންސް ޓީމް އިވެންޓް (ރިހި މެޑަލް)

އައިއޯއައިޖީގައި އެތުލީޓުން ހޯދި ކާމިޔާބީއަށް ބީއެމްއެލްގެ މުވައްޒަފުން މަރުހަބާ ކިޔަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ހުޅުވައިލި ސްކޯލާޝިޕެކެވެ.

comment ކޮމެންޓް