އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) 2023 ގައި ރާއްޖެގެ ކުޅުންތެރިން ހޯދި ފަޚުރުވެރި ރީތި ނަމާއި ތާރީޚީ ކާމިޔާބީ ކުލަގަދަކޮށް ފާހަގަކުރުމަށް މިރޭ ބޭއްވި ޚަފްލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެން، އެތުލީޓުންނަށް މަރުޙަބާ ދަންނަވައިފިއެވެ.
މިދިޔަ މަހުގެ 25 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީމުން ވަނީ 28 މެޑަލް ހޯދައިފައެވެ.
އެކަން ފާހަގަކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހަފްލާގައި ރައީސް ޞާލިހް ވަނީ ރާއްޖޭގެ ކޮންޓިންޖެންޓާ ބައްދަލު ކުރައްވާ މަރުޚަބާ ދަންނަވާފައެވެ. އަދި ދިހަ ވަރަކަށް މިނެޓް ވަންދެން ހަވާ ވެސް އަރުވާފައިވެއެވެ.
މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ ފަސް ރަން މެޑެއްޔާއި، ނުވަ ރިހި މެޑެލްގެ އިތުރުން، 14 ލޯ މެޑަލް ހޯދާފައިވެއެވެ. އޭގެ ތެރޭގައި ލޯފަން މީހުންގެ 100 މީޓަރު ދުވުމުގައި ބައިވެރިވެ ރާއްޖޭގެ ދެ އެތުލީޓުން ހޯދި ދެ ލޯ މެޑަލް ވެސް ހިމެނެއެވެ. މިއީ މިހާތަނަށް މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ދިވެހި އެތުލީޓޫން އެންމެ ގިނަ މެޑަލް ހޯދި ފަހަރެވެ.
މީގެ ފަސް އަހަރު ކުރިން 2019 ވަނަ އަހަރު ބޭއްވީ އައިއޯއައިޖީގައި ރާއްޖެއަށް ލިބިފައިވަނީ 15 މެޑަލްއެވެ.