ޝޫޓިންއިން ރާއްޖެއަށް ރިހި މެޑެލް ހޯދައިދިން އީޝަލަށް ރައީސްގެ މަރުހަބާ

ޝޫޓިން އިން ރާއްޖެއަށް ރިހި މެޑެލް ހޯދައިދިނުމުން ރައީސްގެ މަރުހަބާ އީޝަލްއަށް -- ފޮޓޯ/ ރައީސް

ޝޫޓިން ސްޕޯޓްސްގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް، ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް އީޝަލްއަށް ތަހުނިޔާ އަރިސްކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކައުންޓުން އެކްސަގައި ކުރެއްވި ޕޯސްޓެއްގައެވެ.

އުމުރުން 15 އަހަރުގެ އީޝަލް ބައިވެރިވީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގައެވެ.

އެ މުބާރާތުގައި ބައިވެރވި އަންހެން އެއާ ޕިސްޓަލް ކެޓަގަރީގެ ޖޫނިއާ ބައިން ރިހި މެޑަލް ހާސިލްކޮށްފައިވާތީ ރައީސް ވަނީ އެކަން ފާހަގަކުރައްވައިފައެވެ.

އޭޝިއާގެ 23 ޤައުމަކުން ވާދަކުރި މި މުބާރާތުގައި އީޝަލް 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރި ހޯދާފައިވާކަން ވެސް ރައީސް ފަހަގަކުރެއްވިއެވެ.

ރައީސް ވަނީ ފުރަތަމަ ފަހަރަށް ޝޫޓިން ސްޕޯޓްސްއިން ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

comment ކޮމެންޓް