އިންޓަވިއުކުރުމުގެ އުކުޅުތައް ދަސްކޮށްދޭ ތަމްރީނެއް އެފްއެސްއެމުން ބާއްވައިފި

"އިންޓަވިއު ސްކިލްސް ޓްރޭނިން ފޯ ސުޕަވައިޒާސް" ގެ ތެރެއިން--

ފިއުލް ސަޕްލައިސް މޯލްޑިވްސް(އެފްއެސްއެމް) އިން ކޯޕަރޭޓް ޓްރެއިނިން އިންސްޓިޓިއުޓް މޯލްޑިވްސް އާ ގުޅިގެން އެ ކުންފުނީގެ ސުޕަވައިޒަރުންނަށް އިންޓަވިއު ކުރުމުގެ ހުނަރުގެ ޓްރެއިނިންނެއް ބާއްވައިފިއެވެ.

މިއީ އެފްއެސްއެމްއިން އިންތިޒާމުކޮށްގެން ބޭއްވި "އިންޓަވިއު ސްކިލްސް ޓްރެއިނިން" ގެ ދެ ވަނަ ބެޗެވެ.

މި ތަމްރީނަކީ، ސާވިސް އިންޑަސްޓްރީގެ މާހިރެއް ކަމުގައިވާ މުހައްމަދު ޔަމާނީ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދިޔަ ޓްރެއިނިންނެކެވެ.

މިއީ އިންޓަވިއު ކުރުމުގެ ގާބިލުކަން ހުންނަ، އަދި އެފްއެސްއެމްގެ ވަޒީފާ އަށް ނެގޭނޭ ފެންވަރު ހުންނަ ގާބިލު ބަޔަކު ބިނާކުރުމުގެ މަގުސަދުގައި ބޭއްވި ތަމްރީނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

"އިންޓަވިއު ސްކިލްސް ޓްރޭނިން ފޯ ސުޕަވައިޒާސް" ގެ ތެރެއިން--

މި ޕްރޮގްރާމުގައި ތަފާތު ވައްތަރުގެ އިންޓަވިއުތަށް ދެނެގަނެ، އިންޓަވިއުގައި ކުރާނެ ތަފާތު މުހިންމު ސުވާލުތައް އެކުލަވާލާ، އިންޓަވިއު ކުރިއަށް ގެންގޮސް، ވަޒީފާ އަށް ކުރިމަތިލާ ކެންޑިޑޭޓުންގެ އިވަލުއޭޝަންތައް ހަދަން ވެސް ބައިވެރިންނަށް ދަސްކޮށްދީފައިވާ ކަމަށް އެފްއެސްއެމުން ބުނެއެވެ.

ފުރަތަމަ ބެޗެކޭ އެއްގޮތަށް ޓްރެއިނިންގެ ބައިވެރިންގެ، ފީޑްބެކް ފޯމު ތަކުން ޖުމްލަކޮށް ޓްރެއިނިންނާ މެދު ހިތްހަމަ ޖެހިފައިވާކަން ހާމަވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް