ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ޗައިނާގެ ސީއެންއީސީއާ ހަވާލުކުރަނީ --

ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއު ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ)އާ ހަވާލުކޮށްފިއެވެ.

މި ދެރަށުގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.

ތިނަދޫއާއި ކުޅުދުއްފުށީގައި އެޅުމަށް ޗައިނާގެ ސީއެންއީސީއާ ހަވާލުކުރީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތަކެވެ.

ކުވެއިތު ފަންޑުން ލޯނު ދީގެން ހިންގާ މި ދެ މަޝްރޫއު ސީއެންއީސީސީ އާ ހަވާލުކޮށްފައިވަނީ 76 މިލިއަން އެމެރިކާ ޑޮލަރަށް 30 މަސް ތެރޭގައި ނިންމާ ގޮތަށެވެ.

ސިއްހީ ދާއިރާއަށް ތަރައްގީ ގެނައުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމް ކޮށް ރަށްރަށުގައި އަޅާ ހޮސްޕިޓަލްތަކުން ޕްރައިމަރީ ސިއްހީ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ފޯރުކޮށް ދިނުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީ ކުރާ 50 އެނދުގެ ހަ ހޮސްޕިޓަލާއި އެކި ސަރަހައްދުތަކުގައި ތަރައްގީ ކުރާ 30 އެނދުގެ 12 ހޮސްޕިޓަލަކީ ވެސް ސަރުކާރުން ހިންގާ މުހިއްމު މަޝްރޫއުތަކެވެ.

comment ކޮމެންޓް