ޓްރީޓޮޕް ހޮސްޕިޓަލުގެ ފެމިލީ ކްލިނިކުގެ ޚިދުމަތް ދޭން ފަަށައިފި

ޓްރީޓޮޕް ހޮސްޕިޓަލް ---

ޓްރީޓޮޕް ހޮސްޕިޓަލުން ފެމިލީ ކްލިނިކުގެ ޚިދުމަތް ފަށައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ފެށި އެ ޚިދުމަތް، ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު، 03:00އިން ރޭގަނޑު 10:00އަށް ލިބޭނެއެވެ.

ޓްރީޓޮޕުން ބުނީ ފެމިލީ ކްލިނިކުގެ ޚިދުމަތް އިފްތިތާތުކުރުމުގެ މަގުސަދަކީ، ހޮސްޕިޓަލުގެ ފެމިލީ ހެލްތު ކްލިނިކުން ހިދުމަތް ހޯދާ އެންމެންނަށް އެކްސްޓެންޑެޑް ކަވަރޭޖް ފޯރުކޮށްދިނުން ކަމަށެވެ.

އެ ކުލިނިކު ފަރުމާކޮށްފައިވަނީ ހުރިހާ އުމުރެއްގެ މީހުންނަށް އާންމު ސިއްހީ ފަރުވާއަށް ފޯކަސްކޮށްގެން މެޑިކަލް ސްޕެޝަލިޓީއެއް ފޯރުކޮށްދިނުމަށް ކަމަށް ޓްރީޓޮޕުން ބުނެއެވެ.

އެގޮތުން އެތަނުގައި ޚިދުމަތްދޭ ޑޮކްޓަރުން ފޯކަސް ކުރަނީ އާއިލީ އަދި މުޖުތަމަޢުގެ ފެންވަރުގައި ސިއްޙަތާއި ދުޅަހެޔޮކަމަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕުން އަންނަނީ ފެންވަރު ރަނގަޅު ކްލިނިކަލް ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ ކަންތައްތަކެއް ތައާރަފު ކުރަމުންނެވެ. އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންގެ ތަޖުރިބާ އާއެކު، އެންމެ ފަހުގެ ހިދުމަތްތައް ފޯރުކޮށްދެމުންދެއެވެ.

comment ކޮމެންޓް