ޕޯސްޓް މެދުވެރިކޮށް މި ފަހަރު ރާއްޖެ ގެނައީ ދެ މިލިއަން ރުފިޔާގެ ހެރޮއިން

މީގެ ކުރިން ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި: ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ދެ ކިލޯއެއްހާ ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ ---

ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ދެ ކިލޯއެއްހާ ހެރޮއިން އަތުލައިގަނެފައިވާއިރު އޭގެ މަގުމަތީގެ އަގު ދެ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕެކޭޖެއްގެ ތެރެއިން ޝައްކު ކުރެވޭ އެއްޗެއް ހުރުމުން ބަލާ ފާސްކޮށްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ.

އެ ތަކެތީގެ ބަރުދަނުގައި 1628 ގްރާމު ހުރި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އަދި ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓްކުރިއިރު ހެރޮއިންނަށް ވަނީ ޕޮސިޓިވް ވެފައެވެ.

ކަސްޓަމްސްއިން ލަފާ ކުރާ ގޮތުގައި ފެނުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގު ދެ މިލިއަން ރުފިޔާއަށް އަރާނެއެވެ.

މައްސަލަ އިތުރަށް ތަހުގީގުކުރުމަށް މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން އާންމު ވެފައިވަނީ ދާދި ފަހުންނެވެ. ނަމަވެސް ފުރަތަމަކޮޅު ގިނަ އިން ރާއްޖެ އެތެރެކޮށްފައިވަނީ ޕާޓީ ޑްރަގްސްއެވެ. ނަމަވެސް މި ޕޯސްޓް މެދުވެރިކޮށް ވެސް އެކި ބާވަތްތަކުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރެއެވެ.

comment ކޮމެންޓް