ރައީސް ޞާލިޙް ވައުދެއްވުމުން ޝައްކުކުރާނެ ރައްޔިތަކު ނުހުންނާނެ: މެމްބަރު އިއްސެ

ދުވާފަރުގައި ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ދުވާފަރު ދާއިރާގެ މެމްބަރު ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވައުދެއްވެޑައިގަތުމުން ޝައްކު އުފައްދާނެ ރައްޔިތަކު ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު (އިއްސެ) ވިދާޅުވެއްޖެއެވެ.

މިރޭ ދުވާފަރުގައި ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު އިއްސެ ވިދާޅުވީ ދުވާފަރު ރައްޔިތުންނަށް ތަރައްގީއާއި ކުރިއެރުމުގެ އިތުރުން ގިނަ ޚިދުމަަތްތަކެއް ފޯރުކޮށްދެއްވާފައި ވާތީ އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭނެ ކަމަށެވެ.

''ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވައުދެއްވެވަޑައިގަތީމާ ޝައްކެއް އުފައްދާނެ ދިވެހި ރައްޔިތަކު އަދި ޚާއްސަކޮން ދުވާފަރު ރައްޔިތަކު ނުހުންނާނެ،'' ރައީސް ޞާލިޙަށް ތައުރީފު ކުރައްވަމުން ދުވާފަރު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 300 މިލިއަން ރުފިޔާގެ އާ މަޝްރޫއުތައް އެރަށުގައި ހިންގަން ނިންމާފައިވާއިރު، ރައީސް ޞާލިޙް ނޫން ގޮތެއް ހޯދަން ބަޔަކު އުޅެނީ އެ މީހުންގެ އަމިއްލަ އެދުންތައް ހާސިލުނުވުމުން ކަމަށެވެ.

ދުވާފަރުގައި ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ

''އިރާދަކުރެއްވިއްޔާ ރައީސްއަށް އަޅުގަނޑުމެން މި ދުވާފަރުން ބޮޑުބޮޑު އަޣުލަބިއްޔަތެއް އަޅުގަނޑުމެންގެ މިންނެތް މަސައްކަތުން ރައިސްއަށް ހޯދައިދެއްވާނަން،'' އޭނާ ވިދާޅުވިއެވެ.

ދުވާފަރުން އަލަށް އެމްޑީޕީއަށް ސޮއިކުރި މީހުން ރައީސް ޞާލިޙާއެކު --- ފޮޓޯ/ އެމްޑީޕީ

ރާއްޖޭގެ ހުރިހާ ރަށްތަކަކުން ރައީސް ޞާލިޙަށް މަރުހަބާ ކިޔަން މަޖުބޫރު ހާލަތަށް ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމާއި އަސާސީ އެތައް ޚިދުމަތެއް ފަހިވެއްޖެކަމަށާއި މި ކަންކަމުން މި އިންތިހާބު ކާމިޔާބު ކުރެވިދާނެކަމުގެ ޔަގީންކަން ލިބޭ ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

އެ ޖަލްސާގައި އެ ރަށުން އެމްޑީޕީއާ އަލަށް ގުޅުނު ބައެއް މީހުން ވަނީ ރައީސް ޞާލިޙާ ފޯމު ހަވާލުކޮށްފައެވެ.

comment ކޮމެންޓް