އާނިޔާ ނިޔާވެއްޖެ

އައިޝަތު އާނިޔާ ---

ކުރީގެ ނޫސްވެރިޔާ އަދި އެކްޓިވިސްޓު އައިޝަތު އާނިޔާ މިއަދު ނިޔާވެއްޖެއެވެ.

މިނިވަން ނޫހާއި މިނިވަން ރޭޑިއޯ ހިންގުމުގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އާނިޔާ ނިޔާވީ، އިންޑިއާގެ ބެންގަލޫރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އޭނާއަކީ މީސްމީޑިއާގައި ވެސް އެކި ކަންކަމާ ގުޅޭ ގޮތުން ހިޔާލުފާޅުކޮށް، އާންމުންގެ ތެރޭގައި މަގުބޫލު އެކްޓިވިސްޓެކެވެ. މި ފަހުން އޭނާ ވަނީ، ކޮންމެ ދުވަހަކު ހެނދުނު 7:00 ގައި ކްލަބްހައުސް މެދުވެރިކޮށް ނޫސްތަކުން ކިޔާ ޕްރޮގްރާމެއް ވެސް ހުށަހަޅައިދެއްވައިފައެވެ.

އޭގެ ކުރީގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުކުރަން އެމްޑީޕީން އިސްވެ ކުރި ގިނަ އެއްވުންތަކުގައި ވެސް އޭނާ ބައިވެރިވެފައިވެއެވެ. އާނިޔާ އެމްޑީޕީގެ ސެކެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާއިރު، އެ ޕާޓީގެ އެތެރޭގެ ބައެއް އިންތިޚާބުތަކުގައި ވެސް ވާދަ ކުރެއްވިއެވެ.

އެކަމަކު، މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް ފަހު އޭނާ ވަނީ އެމްޑީޕީން ވަކިވެފައެވެ.

comment ކޮމެންޓް