ސިޔާމަކީ ވިޝަނަރީ ބޭފުޅެއް، ޓޫރިޒަމަށް އަންނަ ބޮޑު ބަދަލުގައި ސިޔާމްގެ ހިއްސާ އޮންނާނެ: ރައީސް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު -- ފޮޓޯ/ އެމްޑީޕީ

ނ. މާޅެންދޫއިން، މުޙައްމަދު ނާއިލް ޙަފީޒް

އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދަކީ ވިޝަނަރީ، ޙިކުމަތްތެރި ބޭފުޅެއްކަމަށާއި ދެވަނަ ދައުރުގެ އިގްތިޞާދީ ސިޔާސަތުތައް އެކުލަވައިލުމުގައި ސިޔާމްގެ ހިއްސާ ބޮޑުވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ނ. މާޅެންދޫގައި އޮތް ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ޓޫރިޒަމުގައި ހޯދަމުން އަންނަ ތަރައްގީގެ އެންމެ މުހިންމު އެއް ބާނީއަކީ ސިޔާމް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ސިޔާމް ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ގެންނަވާ ބޮޑެތި އިންގިލާބުތައް ނ. އަތޮޅުން ވެސް ފެނިވަޑައިގަންނަވާކަމަށެވެ.

އަދި ދެވަނަ ދައުރުގެ އިގްތިޞާދީ ޕްލޭން އެކުލަވައިލެވިގެންދާއިރު ސިޔާމްގެ ހިއްސާ ވަރަށް ބޮޑުވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ކުރިއަށް މި އޮތް ދައުރުގައި އަޅުގަނޑުމެންގެ އިގްތިސާދީ ސިޔާސަތު ބައްޓަން ވެގެން ދާއިރުގައި، ޚާއްސަކޮށް ޓޫރިޒަމް ދާއިރާއަށް މި ގެންނަ ބަދަލުތައް ތި ބޭފުޅުން އުންމީދުކުރައްވާ ވަރަށްވުރެ ބޮޑެތި ބަދަލުތައް ފެނިގެންދާނެ. އޭގެ ހިއްސާދާރަކަށް ސިޔާމް ވެވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުން އައުވަނީ އިތުރު އުންމީދެެއްކަމަށެވެ. އެއީ މި އަތޮޅަށް އުފަން، ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައި ހުންނެވި ސިޔާމް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޚާއްޞަކޮށް ނ. އަތޮޅަށް މި ކުރާ ދަތުރުގައި އަޅުގަނޑަށް އިތުރު އުންމީދުތަކެއް އެބަ ލިބޭ. އޭގެ އެއް ސަބަބަކީ މި އަތޮޅަށް އުފަން ހީވާގި، ހިންގުންތެރި، ޙިކުމަތްތެރި ބޭފުޅެއް އަޅުގަނޑުމެންނާއެކީގައި ބައިވެރިވެވަޑައިގަންނަވާތީ. އެމްޑިއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުންނާބު އުސް އެއް ބޭފުޅާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި މާޅެންދޫގައި:

  • ވޮލީ ކޯޓު އަޅައިދޭނެ
  • ސިއްހީ މަރުކަޒު 24 ގަޑިއިރުގެ ޚިދުމަތަށް ބަދަލުކުރުމާއެކު ލެބޯޓްރީއެއް ގާއިމްކުރުން
  • މަގު ހެދުމާއެކު ފެން ހިންދާ ނިޒާމު ގާއިމްކުރާނެ
comment ކޮމެންޓް