މިއީ މިހާރު ޓްރެންޑް ވަމުން އަންނަ ބީނީ

މިހާރު ޓްރެންޑް ވަމުން އަންނަ ބީނީ --

ފެޝަންއަކީ ވަރަށް އަވަސް އަވަހަށް ބަދަލު ވަމުން އަންނަ އެއްޗެކެވެ. ގިނަ ފަހަރަށް ކޮންމެ ޓްރެންޑެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި މިއިން ކޮންމެ ޓްރެންޑަކީ މާ ރީތި ޓްރެންޑަކަށް ވެސް ނުވެދާނެއެވެ. މިފަހަރުގެ ޓްރެންޑަކީ މިކަހަލަ ޓްރެންޑެކެވެ. އެއީ ފާޑެއްގެ ބީނީއެކެވެ.

ހޮލީވުޑްގެ މަޝްހޫރު ޒުވާން އެކްޓަރު ޓިމޮތީ ޝެލަމޭ (ލިޓްލް ވުމަން، ޑޫން) ދާދި ފަހުން މަގުމަތީން ދަނިކޮށް ޕަޕަރާޒީ ނަގާފައިވާ ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.

މި ފޮޓޯގައި ޓިމޮތީ ހުރީ އާދައިގެ ޑެނިމް ފިޓެއް ހެޔޮވަރު ކޮށްލައިގެންނެވެ. ނަމަވެސް އެންމެންގެ ސަމާލުކަން ވެސް ހުއްޓުނީ އޭނާގެ ބޮލުގައި އޮތް ބީނީއަށެވެ. މާ ޖަހައި، ކޯންއެއްގެ ސިފައަށް ހުރި މި ބީނީ އާއެކު މުޅި އިންޓަނެޓުގައި ބައިބައިވުން އުފެދިއްޖެއެވެ. އެއް ބަޔަކަށް މި ބީނީ ވަރަށް ކަމުދިޔައެވެ. އަނެއް ބަޔަކު ބޭނުންވީ ބީނީ އަންދާލާށެވެ.

ނަމަވެސް ޓިމޮތީގެ ފޮޓޯތައް އާންމުވުމުގެ ކުރީން ވެސް މި ބީނީ ވަނީ މަޑު މަޑުން ވައިގައި ހިފަން ފަށާފައެވެ. އެންމެ ފުރަތަމަ މީގެ ބީނީއެއް ފެނިފައިވަނީ މީގެ މަހެއް ކުރީން ޑިއޯގެ ހައި ފެޝަން ރަންވޭއެއްގައެވެ. އެއާއެކު މި ބީނީ މަދު މަދުން އެކި އިންފްލުއެންސަރުންގެ ފަރާތުން ވެސް ފެންނަން ފެށިއެވެ.

އެއްބައި މީހުން މި ބީނީ އަޅަމުން ދިޔައީ ކުޑަކޮށް ރަސްމީ ފިޓް ތަކާއެކު ނުވަތަ ހައި ފެޝަން ލުކް ތަކާއެކުގައެވެ. އަނެއް ބަޔަކު މި ބީނީ އަޅަން ފަށާފައިވަނީ ވަރަށް ކެޝުއަލް ފިޓް ތަކާއެކުގައެވެ. ކޮންމެއަކަސް މި ދުވަސްކޮޅަށް އެންމެ މަގުބޫލު ވެދާނެ އެއް ފެޝަން އައިޓަމްއަށް މި ބީނީ ވުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް