ނިމިދިޔަ އަޟްހާ އީދާ ދިމާކޮށް ކޭބަލް ޓީވީގެ ޚިދުމަތް ދޭ އެސްއެސް ނެޓުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އެސްއެސް ނެޓުގެ ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ބޭފުޅުންގެ ތެރެއިން ތިން ކަސްޓަމަރަކަށް އަގުހުރި އިނާމުތައް ލިބޭނެއެވެ.
އެގޮތުން، އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރަކާއެކު 60 އިންޗީގެ ޓީވީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިލޭ ޖޯއީބޮކްސްއަކާއި ހިލޭ ގުޅައިދިނުމާއެކު ތިން މަހުގެ ޚިދުމަތް ހިލޭ ލިބޭނެއެވެ.
ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 43 އިންޗީގެ ޓީވީއެއްގެ އިތުރުން ހިލޭ ޖޯއީބޮކްސްއަކާއި ހިލޭ ގުޅައިދިނުމާއެކު ތިން މަހުގެ ޚިދުމަތް ހިލޭ ލިބޭނެއެވެ.
ތިންވަނަ އިނާމަކަށް ހިލޭ ޖޯއީ ބޮކްސްއަކާއެކު ތިން މަސް ދުވަހުގެ ޚިދުމަތް ލިބޭނެއެވެ.
އެސްއެސް ނެޓުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން މިރޭ ގުރުއަތުން ހޮވާފައިވާއިރު އެއްވަނަ އަށް ހޮވިފައިވަނީ މަރިޔަމް ސިޔާމާ އެވެ. ދެވަނައަށް ފާތިމަތު މަލްދާ ހޮވިފައިވާއިރު ތިން ވަަނައަށް ހޮވިފައިވަނީ ހަސަން އަލީ އެވެ.