ޕީޕީއެމުން ކެންޑިޑޭޓަކު ހުށަހަޅަން ހުރަހެއް ނެތް، މުއްދަތު ދަންމައެއް ނުލެވޭނެ: އީސީ

މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީއާ ގުޅޭ މައްސަލައިގެ އަޑުއެހުމުގައި ޔާމީން --

މި ވަގުތު ވެސް އިދިކޮޅު ޕީޕީއެމަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ހުށަހެޅިދާނެ ކަމަށާއި އެކަމަކު ރިޔާސީ އިންތިޚާބުގައި ވާދަކުރަން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އޮތް ފުރުސަތު އިތުރަށް ދަންމައިނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ، ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޕީޕީއެމުން ހުށަހެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބާތިލު ކުރި މައްސަލައިގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން ބޭނުން ނަމަ، މިހާރު ވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ.

"މި ވަގުތު ވެސް އިތުރު ކެންޑިޑޭޓަކު ޕީޕީއެމްގެ ފަރާތުން ހުށަހަޅުއްވައިފި ކަމުގައި ވާނަމަ، ކޮމިޝަނުން ގަބޫލު ކުރާނެ. އެއީ، ކޮމިޝަންގައި މި ވަގުތު ނެތް ޕީޕީއެމްގެ ފަރާތުން އެއްވެސް ކެންޑިޑޭޓަކު ހުށަހަޅުއްވާފައި، ހުށަހެޅުއްވި ފޯމު ވަނީ ރިޖެކްޓު ކުރެވިފައި. އެ މައްސަލަ ކުރިއަށް މި ދަނީ،" މަހުފޫޒު ވިދާޅުވިއެވެ.

އަދި، އެ ކޮމިޝަންގެ ސެކެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މުއްދަތު އިތުރު ކުރަން އަމުރު ކޮށްފި ނަމަ، ރިޔާސީ އިންތިޚާބު ވެސް ލަސްކުރަން ޖެހިދާނެ ކަމަށެވެ.

"އާންމު ގާނޫނުގައި ބުނާ ގޮތަށް އިންތިޚާބު ކުރުމަށް ދޭން ޖެހޭ 30 ދުވަސް. މިހާރު މިއޮތް މުއްދަތު ކެންޑިޑެސީ ހުށަހެޅުމަށް އިތުރު ކޮށްފި ނަމަ ނުލިބޭނެކަން. އަދި، އިންތިޚާބު ބާއްވާ ދުވަސް ފަސްކޮށްފި ނަމަ މުޅި ވޯޓާސް ލިސްޓު އަލުން އެކުލަވައިލާ، މުޅި އިންތިޚާބު އަލުން ތަރުތީބު ކުރަން ޖެހުމަކީ....،" އޭނާ ވިދާޅުވިއެވެ.

https://sun.mv/180247

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެހެންވެ، އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އީސީން މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމައިފައެވެ.

https://sun.mv/180362

އެކަމަކު، އީސީގެ ނިންމުން ގޯސް ކަމަށް ބުނެ ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދައިފައެވެ. މިހާރު އެ ކޯޓުގައި ކުރިއަށް ދަނީ އެ މައްސަލައިގެ އަޑުއެހުމެވެ. ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ޔާމީންގެ ކެންޑިޑެސީ ބާތިލު ގޯސްކޮށް ކަމަށް ނިންމައި، އަދި އެ މަނިކުފާނާ ދެކޮޅަށް މައްސަލަ ނިމޭ ހާލަތެއްގައި ވެސް ޕީޕީއެމުން އިތުރު ކެންޑިޑޭޓަކު ހުށަހެޅުމުގެ ފުރުސަތު ދެއްވާށެވެ.

މައްސަލައިގައި ޖަވާބުދާރީވަމުން އީސީގެ ވަކީލު މަހުފޫޒު ވިދާޅުވީ، ޔާމީނަކީ ދަށު ކޯޓުން ކުށްވެރިއެއް ކަމަށް ކަނޑައަޅުއްވާފައިވާ ބޭފުޅެއް ކަމަށާއި އެހެންވެ، އޭނާއަށް ވާދަ ކުރެއްވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

https://sun.mv/180344

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ކުށްވެރިއަކު، ހުކުމް އިސްތިއުނާފު ކޮށްފައި އޮތުމުގެ ސަބަބުން އިންތިޚާބީ މަގާމުތަކަށް އާދެވޭ ނަމަ، ނުރައްކާތެރި ކުށްތައް ކޮށްފައިވާ މީސްމީހުންނަށް ވެސް ޒިންމާދާރު މަގާމުތަކަށް އާދެވިދާނެ ކަމަށެވެ. އެހެންވެ، އެ ފަދަ ގޮތަކަށް ގާނޫނުގެ މާނަ ކުރެވިދާނެ ކަމަކަށް އީސީން ގަބޫލެއް ނުކުރެއެވެ.

ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓެއް ނެރެން އުޅޭ ކަމުގެ އިޝާރާތެއް ވެފައިވާއިރު، އިއްޔެ ޕީޕީއެމާ އެއް ލީޑާޝިޕެއްގެ ދަށުން ހިންގާ ޕީއެންސީން ވަނީ ޔާމީނަށް ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ކެންޑިޑޭޓަކު ނެރެން ނިންމައި، ސެނެޓުގައި ބޭއްވި ޕްރައިމަރީއަކުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކެންޑިޑެސީ އަރުވަން ނިންމައިފައެވެ.

comment ކޮމެންޓް