ސަން ސިޔާމް ރިސޯޓްސްގެ އައިޓީ ނެޓްވޯކަށް ހެކަރުންގެ ހަމަލާއެއް ކުރިމަތިކޮށްފި

ސަން ސިޔާމް ބިލްޑިންގ-- ސަން ފޮޓޯ

ސަން ސިޔާމު ރިސޯޓުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ނެޓްވޯކަށް ހެކަރުންގެ ހަމަލާއެއް ކުރިމަތި ކޮށްފިއެވެ.

ސަން ސިޔާމް ރިސޯޓްސްގެ މެނޭޖްމަންޓުން ބުނީ އެ ކުންފުނީގެ އައިޓީ ނެޓްވޯކް ހެކް ކުރުމަށް ހަމަލާއެއް ކުރިމަތި ކޮށްފައިވާ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ބުންޏެވެ.

މީގެ އިތުރުން، މިކަމުގެ ސަބަބުން ކުންފުނީގެ ޚިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ ނިހާޔަތައް މައާފަށް އެދިފައެވެ.

comment ކޮމެންޓް