މޫދުގައި ބޭއްވި މީޓިންއާއެކު ސަން ސިޔާމް ވިލުރީފު ރިސޯޓުން އިތުރު ހަރަކާތްތަކަކާ އެކު ތަފާތުކޮށް ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކޮށްފިއެވެ.
އެ ގޮތުން ވިލުރީފުން މިއަދު ހެނދުނު މޫދުގައި ބޭއްވި މީޓިންގައި، އެ ރިސޯޓުގެ އެޗްއޯޑީންނާއި، އެސިްޓެންޓް އެޗްއޯޑީން ވަނީ ބައިވެރިވެފައެވެ.

ވިލުރީފު ރިޒޯޓާއި ދ. މީދޫ ކައުންސިލް ގުޅިގެން، މީދޫ ސްކޫލް ކުދިންގެ މެދުގައި ކުރިޔަށް ގެންދިޔަ ޕޯސްޓަރު މުބާރާތުގެ ހުށަހެޅުންތައް -- ސަން ފޮޓޯ
މީގެ އިތުރުން މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ވިލުރީފު ރިޒޯޓާއި ދ. މީދޫ ކައުންސިލް ގުޅިގެންވަނީ މީދޫ ސްކޫލް ކުދިންގެ މެދުގައި ޕޯސްޓަރު މުބާރާތެއް ކުރިޔަށް ގެންގޮސްފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔައީ ހަތަރު ކެޓަގަރީއަކުންނެވެ.
މި މުބާރާތުގެ އެއްވަނައަށް، ވިލުރީފު ރިޒޯޓުގެ ބީޗު ވިލާއިން ދެ ދުވަހުގެ ފުލް ބޯޑް ސްޓޭ ހަމަޖައްސައިދީފައިވާއިރު، އެއްވަނަ ހޯދީ މަނާރު މުޙައްމަދު ރަޝީދެވެ.

ޕޯސްޓަރު މުބާރާތުން އެއްވަނަ ހާސިލްކުރި، މަނާރު މުޙައްމަދު ރަޝީދު -- ސަން ފޮޓޯ
ދުވަހުގެ މުނާސަބަތާއި ގުޅިގެންވަނީ މޫދު ކުޅިވަރު ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތް އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔައީ ސަން ސިޔާމް ވިލުރީފް، ސަން ސިޔާމް ކެއާ އަދި މީދޫ ކައުންސިލް ގުޅިގެންނެވެ.

ސަން ސިޔާމް ވިލުރީފް، ސަން ސިޔާމް ކެއާ އަދި މީދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދިޔަ މޫދު ކުޅިވަރު ހަރަކާތް -- ސަން ފޮޓޯ
މިއަދު ހެނދުނު 09:00އިން ފެށިގެން މެންދުރު 12:00ގެ ނިޔަލަށް ކުރިޔަށް މީދޫގައި ކުރިޔަށް ގެންދިޔަ މޫދު ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ފަން ޓިއުބް، ޖެޓްސްކީ އަދި ކަޔަކް ދުއްވުމާއި އަދި އިތުރު ކުޅިވަރުތައް ވެސް ހިމެނެއެވެ.
މި މޫދު ކުޅިވަރު ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އާއިލާތަކުން ބައިވެރިވިއެވެ.
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ތީމަކީ "ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލުގެނައުމުގެ މަސައްކަތް ހަލުވިކުރުން" މިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ އަށްވަނަ ދުވަހެވެ.