އެންމެ ގިނައިން ލޭ ހަދިޔާކުރި ކުންފުނިތަކުގެ ތެރޭގައި ސަން ސިޔާމް ރިސޯޓްސް

ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ހަނދާނީ ފިލައާ ހަވާލުވުން -- ސަން ފޮޓޯ/ އަމަން ލަތީފް

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އާ ގުޅިގެން ވޭތުވެދިޔަ ހަތަރު އަހަރު އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ބޭއްވި ކުންފުނިތަކުގެ ތެރޭގައި ސަން ސިޔާމް ރިސޯޓްސް ހިމެނިއްޖެއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ވަނީ، ލޭ ހަދިޔާކުރަން ޚާއްސަ އެޕްލިކޭޝަން "ލޭ" އިފުތިތާހު ކުރުމަށާއި، ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުމަށް ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ގޮތުން، މި ރަސްމިއްޔާތުގައިވަނީ، ވޭތުވެދިޔަ ހަތަރު އަހަރު އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވި ފަސް ކުންފުންޏެއްގެ އަގުވަޒަންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސަން ސިޔާމް ރިސޯޓްސް
  • އެލިޔާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
  • ގިލިލަންކަންފުށި މޯލްޑިވްސް
  • ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • މޯލްޑިވިއަން ރެޑް ކްރެސެންޓް

ސަން ސިޔާމް ރިސޯޓްސްއިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތް ފުރަތަމަ ފެށީ 2015ވަނަ އަހަރު، އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.

އޭގެ ފަހުން ކޮންމެ އަހަރަކު މި ހަރަކާތް ވަރަށް ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިޔަ ނަމަވެސް، ކޮވިޑުގެ ތެރޭގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް މެދުކަނޑާލިއެވެ. އެއަށް ފަހު މި ހަރަކާތް އަލުން ފަށާފައިވަނީ މިދިޔަ އަހަރެވެ.

މި ހަރަކާތުގެ ދަށުން ފަސް ރިސޯޓުގެ މުވައްޒަފުންނާއި ސަން ސިޔާމް ރިސޯޓްސްގެ ހެޑް އޮފީހުގެ މުވައްޒަފުން ލޭ ހަދިޔާކުރެއެވެ.

މި އަހަރު ވެސް އެ ކުންފުނިން ވަނީ ލޭ ހަދިޔާކުރުމުގެ ހަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް