ވަގުތު ޓީވީ ލޯންޗުކޮށްފި

ވަގުތު ޓީވީ ލޯންޗު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ވަގުތު

ވަގުތު ނޫހުގެ ޓީވީ މިރޭ ލޯންޗު ކޮށްފިއެވެ.

ދިމްޔާތުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަގުތު ޓީވީ ލޯންޗުކޮށްދެއްވީ ދައުލަތަށާއި މީޑިއާއަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަހްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަގުތުގެ ސީއީއޯ އާދަމް ނަވާޒް ވިދާޅުވީ ވަގުތަކީ ރާއްޖޭގެ އެންމެން ކިޔާ އޮންލައިން ނޫހެއް ކަމަށެވެ. ނަމަވެސް އެ ނޫހުން މިހާ ހިސާބަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫން ކަމަށް ވިދާޅުވިއެވެ.

ވަގުތު ޓީވީ ލޯންޗު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ވަގުތު

ނާއުންމީދީ ވަގުތުތަކެއް ވަގުތުން ހޭދަކުރި ކަމަށާއި މި ހިސާބަށް އާދެވުނީ ކަމަކަށް ފަހު ކަމެއް ހާސިލުކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މި ހިސާބުން ނިމުނީ ނޫން ކަމަށާއި ހާސިލުކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށް ނަވާޒް ވިދާޅުވިއެވެ.

"ވަގުތު" އަކީ އެއްވެސް މީހެއްގެ ޓީވީއެެއް ނޫން ކަމަށާއި ކޮންމެ ސިޔާސީ ޕާޓީއެއްގެ ކޮންމެ ބޭފުޅަކަށް ވެސް އެ ޓީވީއަށް އެރޭނެ ކަމަށް ވިދާޅުވިއެވެ.

ވަގުތުގެ ތަފާތު އުފެއްދުންތައް މިރެއިން ފަށައިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

comment ކޮމެންޓް