ހަފީޒްގެ އެކްސިޑެންޓް: ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް

އަލީ ހަފީޒް ގައިގައި ޖެހުނު ސައިކަލް ---

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒަށް އަނިޔާވި އެކްސިޑެންޓާ ގުޅިގެން މިމަހުގެ ތިންވަނަ ދުވަހު ހައްޔަރުކުރި 22 އަހަރުގެ ޒުވާނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެެވެ.

މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. އޭނާގެ ބަންދަށް މިމަހުގެ ހަތަރު ވަނަ ދުވަހު ޖެހި 15 ދުވަސް ހަމަވީ މިއަދެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ހަފީޒް އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށް ފަހު، ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ ހަފީޒްގެ ބޮލަށާއި މޫނަށެވެ. އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދީފައެވެ. އެއަށް ފަހު މިމަހުގެ ހަތަރުވަނަ ދުވަހު އިންޑިއާގެ ކޮޗިންއަށް ގެންގޮސް އޭނާއަށް އަންނަނީ ފަރުވާ ދެމުންނެވެ.

https://sun.mv/179690

އެ ހާދިސާގައި ތުހުމަތު ކުރެވޭ ޝަމްއާނަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް