ހުވަދު އަތޮޅުގައި އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ދޭ އަގުތައް އާންމުކޮށްފި

ހުވަދު އަތޮޅަށް ފުރި އާރުޓީއެލްގެ ފެރީތައް --- ފޮޓޯ: މާހިލް އާތިފް

އެމްޓީސީސީން މިދިޔަ ބުރާސްފަތި ދުވަހު ހުވަދު އަތޮޅުގައި ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ޚިދުމަތުގެ އަގުތައް އިއުލާނުކޮށްފިއެވެ.

މިއަދު ގެޒެޓުގައި ޝާއިއުކޮށްފައި ވާގޮތުގައި އެ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ދެނީ 35 ރުފިޔާއިން ފެށިގެން 125އާ ދެމެދުގެ އަގަކަށެވެ.

އެމްޓީސީސީން ބުނީ، ޚިދުމަތް ދޭން ފެށިފަހުން މިއަދު ހެނދުނާ ހަމައަށް ހުވަދު އަތޮޅުން 1،030 ފަސިންޖަރުން ދަތުރުކޮށްފައި ވާކަމަށެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ސްޕީޑު ފެރީގެ ޚިދުމަތް ދޭން މިވަގުތު ބޭނުންކުރަނީ ހަ ލޯންޗެވެ. ނަމަވެސް އެ ފްލީޓާ އިތުރު ލޯންޗުތައް ގުޅޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

https://sun.mv/179568

މުޅި ރާއްޖެ ދަތުރުފަތުރުގެ ގޮތުން ގުޅާލުމަސް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ފަށާފައި ވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގައެވެ. އެ ބޮޅަށް ހުވަދު އަތޮޅުގެ ގއ. އަދި ގދ އަތޮޅު އަތޮޅު އިތުރުވުމުން މިއީ ޚިދުމަތް ދޭންފަށާ ހަ ވަނަ އަތޮޅެވެ.

comment ކޮމެންޓް