ށ. ކޮމަންޑޫގައި ތެޔޮ އަންލޯޑްކުރުމަށް ގޮސް އޮތް ތެޔޮ ބޯޓެއް ފަޅައިގެން ގޮސް، ދިޔަވާން ފެށުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
މި ކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އެ ބޯޓު ފަޅައިގެން ދިޔައީ އެ ރަށު ޖެޓީގެ ޝީޓް ޕައިލެއްގައި ޖެހިގެން ކަމަށެވެ.
މި ހާދިސާ ހިނގުމާއެކު އެހީތެރިކަން ފޯރުކޮށްދިނީ އެމްޑީއެންޑިއެފް ނޮދަން އޭރިއާގެ ކޯސްޓުގާޑުންކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހާދިސާގެ އިތުރު ތަފްސީލެއް އެމްއެންޑީއެފްއަކުން ނުދެއެވެ.
މި ކަމާ ގުޅިގެން އެ ރަށުގެ ކައުންސިލަށް ގުޅައިލުމުން އިތުރު މައުލޫމާތެއް ލިބޭގޮތްވަނީ ނުވެފައެވެ.