އަފީފު ދީދީގެ ދަރިކަލުން އިބްރާހިމް އަފީފަށް އައިސީޔޫގައި ފަރުވާ ދެނީ

އައްޑޫ ޢަބްދުﷲ އަފީފްގެ ދަރިކަލުން އިބްރާހިމް އަފީފް ---

އައްޑޫ ޢަބްދުﷲ އަފީފްގެ ދަރިކަލުން އިބްރާހިމް އަފީފުގެ ހާލު ދެރަވެ ސީޝެލްސްގެ ހޮސްޕިޓަލެއްގައި ފަރުވާ ދޭން ފަށައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް މުހައްމަދު ނާޖިހު މިއަދު "ސަން"އަށް ވިދާޅުވީ މިވަގުތު އިބްރާހިމް އަފީފް އޮންނެވީ އައިސީޔޫގައި ކަމަށެވެ.

އިބްރާހިމް އަފީފުގެ އަނބިކަނބަލުން އައިޝަތު ނަސީރާ ހަވާލާދެއްވައި ނާޖިހު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ހައްޖުގެ އަޅުކަމަށްފަހު އެނބުރި ވަޑައިގަތުމާއެކު މަތިންދާ ބޯޓުން ސީދާ ގެންދިޔައީ ހޮސްޕިޓަލަށް ކަމަށެވެ.

އޭނާ ވިދާޅުވީ އިބްރާހިމް އަފީފް މިވަގުތު އޮންނެވީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމެޖެންސީކޮށް ގެންދިޔައިރު އެމަނިކުފާނުގެ ލޭގެ ޕްރެޝަރާ އެކު ހަކުރު މައްޗަށް ގޮސްފައިވާ ކަމަށް ވެސް ނާޖިހު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދުއަށް އުފަންވެ ވަޑައިގަތް އިބްރާހިމް އަފީފަކީ އެޅެދީދީގެ އަލިދީދީގެ އަބްދުﷲ އަފީފް ދީދީ އާއި ގަނޑުވަރު އަނީސާ އަލި ދީދީގެ ދޮށީ ދަރިކަލުންނެވެ.

އަފީފް ދީދީ އާއި އަނީސާގެ ހަ ދަރިން މިވަގުތު ތިއްބެވިއިރު އެންމެ ދޮށީ ދަރިކަލަކީ އިބްރާހިމް އަފީފެެވެ. އިބްރާހިމް އަފީފުގެ ހަގަށް ތިއްބަވަނީ މުހައްމަދު އަފީފާއި ހުސެއިން އަފީފެވެ. އަފީފް ދީދީ އާއިލާއާ އެކު ސީޝެލްސްއަށް ބަދަލުވެވަޑައިގެންނެވިއިރު އިބްރާހިމް އަފީފުގެ އުމުރުފުޅަކީ އެންމެ ނުވަ އަހަރެވެ.

އިބްރާހިމް އަފީފްއަކީ މިވަގުތު ސީޝެލްސްގެ މީޑިއާ ކޮމިޝަންގެ ސީއީއޯއެވެ. އަދި އެ ގައުމުގެ ނެޝަނަލް މުސްލިމް ކައުންސިލްގެ ނައިބު ރައީސްވެސް މެއެވެ. އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު އަފީފަކީ ސީޝެލްސްގެ ނައިބު ރައީސްއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް