ރާއްޖެއިން އަޒަރުބައިޖާނާއެކު ގުޅުންބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އަޒަރުބައިޖާނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއާއި އަޒަރުބައިޖާނާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އަޒަރުބައިޖާނުގެ ބާކޫގައި މިހާރު ކުރިއަށްދާ ނޮން އެލައިންޑް މޫވްމަންޓް (އެންއެމްއޭ) ގެ ބައްދަލުވުމުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ މަގްސަދަކީ ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އޮންނަ ގުޅުމާއި އެއްގައުމުން އަނެއް ގައުމަށް ފޯރުކޮށްދޭ އެއްބާރުލުން އިތުރުކޮށް ފުޅާކުރުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ހުރިހާ ފެންވަރެއްގައި ގަވާއިދުން މަޝްވަރާތައް ބާއްވަން މަގުފަހިކުރުން ކަމަށެވެ.

އަދި، ޑިޕްލޮމެޓުން ތަމްރީން ކުރުމާ ގުޅޭގޮތުން ދެ ގައުމުގެ އެއްބާރުލުން ވަރުދަގަކުރުން ވެސް އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. އަދި އަޒަރުބައިޖާންގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރުގެ ނައިބު، އެލްނޫރު މަމްމާޑޯވްއެވެ.

comment ކޮމެންޓް