ހަފީޒް ގައިގައި ޖެހުނު ސައިކަލް ދުއްވި މީހާ ހައްޔަރުކޮށްފި

އަލީ ހަފީޒް ގައިގައި ޖެހުނު ސައިކަލް ---

މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒަށް ސީރިއަސް އަނިޔާތަކެއް ލިބުނު މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހަފީޒް ގައިގައި ޖެހުނު ސައިކަލް ދުއްވި މީހާއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މިއަދު ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތަށް އަރައި ފަތިސް ނަމާދުކޮށް ހަފީޒް ފައިބައިގެން ދަނިކޮށްނެވެ.

“މަޖީދީ މަގު ކަފިހި ހުރަހުން ހުރަސްކުރަނިކޮށް ބާރަށް ދުއްވައިފައި އައި ސައިކަލެއްގައި ޖެހިފައި ވިއްސައިގެން ދަނީ،” ކަންވީ ގޮތް އެނގޭ މީހަކު ކިޔައިދިނެވެ.

އެކްސިޑެންޓުގައި ހަފީޒްގެ ބޮލަށާއި މޫނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

comment ކޮމެންޓް