މިހާރު އޮތް އެމްޑީޕީގެ ވެރިކަން ނިންމަން، އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ އެކު، އަލަށް އުފައްދާ ދި ޑިމޮކްރެޓްސްއިން އިއްތިހާދުވާން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވާ، ޑިމޮކްރެޓްސް އިން، ޕީޕީއެމާ އެކު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމާ ގުޅޭ ރަސްމީ ފުރަތަމަ ބައްދަލުވުން، މިއަދު ނަޝީދުގެ އޯޝަން ލައިބްރަރީގައި ވަނީ ބާއްވައިފައެވެ.
އެ ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ދެ ޕާޓީން ވަނީ، މި ސަރުކާރު ބަދަލުކުރަން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާއި ކުރެވޭނެ ކަންކަން ހޯދައި ބަލައި، އެ ކަންކަން ކުރަމުން ގެންދާނެ ކަމަށެވެ.
"މިހާރު މިއޮތް ސަރުކާރު ނިމުމަކަށް ގެންނަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން،" މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އަލީ އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
އާޒިމްގެ އިތުރުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ އެކަން ތަކުރާރު ކުރައްވައިފައެވެ. ޝިޔާމް ވިދާޅުވީ މި މަޝްވަރާތައް ސިލްސިލާކޮށް ކުރިއަށްދާނެ ކަމަށެވެ. އަދި، މިއީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއް ނޫން ކަމަށާއި ގައުމަށް ފޫނުބެއްދޭ ވަރުގެ އެތައް ގެއްލުމެއް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރަކުން ފެނިގެން ނުވާނޭ ކަހަލަ ކަންތައްތައް މި ސަރުކާރުން ފެންނަމުން ދާތީއާ އެކީގައި ރައްޔިތުންނަށް އޭގެ ގެއްލުން ވަކިން ހާއްސަކޮށް ރާއްޖެއަށް އޭގެ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވަމުންދަނީ،" އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއާއި ޕީޕީއެމްއިން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޑިމޮކްރެޓްސް
އެ މަޝްވަރާތައް ކުރުމަށް، ދެ ޕާޓީން ވަނީ ކޮމިޓީއެއް އެކުލަވައިލާފައެވެ. އެގޮތުން، ޕީޕީއެމްގެ ފަރާތުން އެ ކޮމިޓީގައި ތިއްބަވަނީ:
- ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
- މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު
- މުހައްމަދު ހުސައިން ޝަރީފު (މުންދު)
- ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
ޑިމޮކްރެޓްސްގެ ފަރާތުން ތިއްބަވަނީ:
- މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
- ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ
- އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު
ޑިމޮކްރެޓްސްއާއި ޕީޕީއެމްއިން އިސްވެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އިއްތިހާދު ވެފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ދެ ޕާޓީން ވެސް ކެންޑިޑޭޓަކު ނެރޭނެކަން ވަނީ އިއުލާނު ކޮށްފައެވެ.
ޕީޕީއެމުން ވަނީ އެ ޕާޓީގެ ޓިކެޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުވާފައެވެ. ޕާޓީ އުފެއްދުމުގެ މަސައްކަތް އެއްކޮށް ފުރިހަމަ ނުވާތީ، ޑިމޮކްރެޓްސްއިން އަދި ކެންޑިޑޭޓެއް ނުނެރެއެވެ. އެކަމަކު، އިންތިޚާބަށް ބޭފުޅަކު ނެރޭނެކަން އެ ޕާޓީން ވަަނީ ތަކުރާރުކޮށް ބުނެފައެވެ.
comment ޕޮލިޓިކަލް ހޯސް
2 year 10 month ago
މި ސިޔާސީ މީހުންގެ ލަދަކާއި ބުނާބަހުގެ އެއްވެސް ވަޒަނެއް ނެތް. ގެއްލުނެއް ދިނީނަ ޢެއްދުވަހު ހަޅޭއްލަވާ، ހަޑި އެއްޗެހި ގޮވާ ހަދާމީހާ އާއެކު އަނެއް ދުވަހު ކޮއެލިޝަން ހަދާ، އެމީހާ ވަރެއްގެ ރަނގަޅު މީހަކު ނެތް. ތީ ހުުސް ފައިސާ އަށާއި ބާރު އަދި ބޭކާރު ސިޔާސީ މަގާމުދޭމަތިން ވިކޭ މީހުން.
comment ޓެރޭސް
2 year 10 month ago
ތެދުފުޅެއް މަނިކުފާނުގެ ކިބައިން ގައުމު ސަލާމަތްކޮއް ގައުމު ހޯދާދިން ދިވެހި ބަތޮލުން މިހާރު ތިބީ މަނިކުފާނުގެ ޕާޓީއާ ގުޅި ސޯލިހުގެ ކިބައިން ގައުމުސަލާމަށް ކުރަން ފޫގަޅާފައެވެ ހަމަ ނަޝީދުގެ ކިބައިން ގައުމު ސަލާމަތްކުރަން މަނިކުފާނު މަސެތްކަށް ކުރި ފަދައިން ނުހަނު އިހްލާސްތެރި ކަމާއެކު އެެވެ ހަމަ ރައްޔަތުންގެ ހައްގުގައެވެ ދެންމަނިކުފާނު ކާމިޔާބު ކޮއްފިނަމަ މަނިކުފާނު ކިބައިން ގައުމާ ވަތަން ސަލާމަތް ކުރަން އަނެއްކާ ނުކުންނާނީތާއެވެ. .
comment ސސ
2 year 10 month ago
ނަޝީދާއި އިއްތިހާދު ހަދައިގެން ޕީޕީއެމްގެ ވޯޓުގެއްލުން ނޫންކަމެއް ނުވާނެ. ނަޝީދުގެ ޕާޓީއަށް ތާއީދުގެއްލި އަމިއްލައަށް އުވިގެންދާނެ.. ޕީޕީއެމްއާއި ކޯލިޝަން އެމީހުން ހަދާވަރަކަށަ ޕީޕީއެމްގެ މެމްބަރުން ޕީޕީއެމާދާނީ ދުރަށް. ކަލޭމެންގެ ބޮލުގެ ނާށިގަނޑުން ދިޔަ ހިކުނީތަ.؟
comment އަހުމަދު
2 year 10 month ago
މުހައްމަދު ނަޝީދާ ގުޅުން ބާއްވާ އެއްވެސް ޕާޓީ އަކަށް ވޯޓެއް ނުދޭނަން. ކުރީބައިގަ ހަމަ ބުނެލީ.
comment އައިސަން
2 year 10 month ago
އައްޗީޑި ދެން
comment ފިލޯ
2 year 10 month ago
މީދުވަހަކުވެސް ކެނެރީގޭ ނަޝީދުއާ ނުގުޅޭނެމޭ ބުނިމީހުން. ޕީޕީއެމްގެ ލޮބުވެތި މެންބަރުން ވިސްނާތި ދެމީހެއްގެ އުފަލައް ޕާޓީ ތިހަލާކުކޮއްލަނީ.
comment ަހަސަން އަމުރު
2 year 10 month ago
އަމްރު ތީ ރޯދައިގެ ކުރިން ޔާމީން ޖަލަށްމުލެވިގެން ލޮލަށް ނިދިނައިސްގެން އުޅުނު މީހެއް.
comment އީސަ
2 year 10 month ago
ނަޖިސް ތަކެތި.