އިންތިގާލީ އޮފީހުގެ އިންވެސްޓިގޭޓަރު މުވައްޒަފުންނަށް ފުރައްސާރަކުރި މައްސަލަ ބަލަނީ

އިންތިގާލީ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން ސަލާމް އާއި އިންވެސްޓިގޭޝަން އޮފިސަރު މުހައްމަދު

އިންތިގާލީ އޮފީހުގެ އިންވެސްޓިގޭޓަރު މުހައްމަދު އިބްރާހީމް، އެ އޮފީހުގެ މުއައްޒަފުންނަށް ފުރައްސާރަކޮށް ބިރުދައްކާކަމަށް ބުނާ މައްސަލަ، އެއީ ހިނގާފައިވާ ކަމެއްތޯ ބެލުމަށް އިންތިގާލީ އޮފީހަށް ރަސްމީކޮށް ފުލުހުން ހުށަހަޅައިފިއެވެ.

އިންތިގާލީ އޮފީހުގެ އިންވެސްޓިގޭޓަރު އެ އޮފީހުގެ މުއައްޒަފުންނަށް ފުރައްސާރަކޮށް ބިރުދެއްކި މައްސަލަ އެންމެފަހުން ބަލަން ފަށާފައި މިވަނީ, ބައެއް މީޑިއާތަކުން އެވާހަކަ ރިޕޯޓްކުރުމާއި ގުޅިގެން, އެއީ ހިނގާފައިވާ ކަމެއްތޯ ބެލުމަށް ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވެގެން އޮފީހަށްދާކަމުގެ ތުހުމަތުގައި ކުރިމިނަލް ކޯޓުން ބަންދުކުރި އިންތިގާލީ އޮފިހުގެ އިންވެސްޓިގޭޓަރު މިހާރު ވަނީ ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލާފައެވެ.

އިންތިގާލީ އޮފީހުގެ އިންވެސްޓިގޭޓަރު ހ ކުއްލަވައްމާގޭ މުހައްމަދު އިބްރާހީމުގެ މައްސަލަ ތަހްގީގް ކުރުމަށްޓަކައި އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ހަ ދުވަސް ޖަހާފައިވަނީ، ޖޫންމަހުގެ 14 ވަނަ ދުވަހުއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ އިދާރާއިން ބުނީ، މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ގެނައި 43 އަހަރުގެ ދިވެހި ފިރިހެނަކު ޖޫންމަހުގެ 13 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށާއި، އެ ހަތްދުވަސް ޖޫންމަހުގެ 20 ވަނަ ދުވަހު ހަމަވުމުން އޭނާ ބަންދުން ދޫކޮށްލާފައިވާކަމަށެވެ.

އިންތިގާލީ އިންވެސްޓިގޭޓަރުގެ މައްސަލަ ފުލުހުން ބަލަމުންދާއިރު، ތަހްގީގް ފުރިހަމަކޮށްފައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް