ކުރިއަށް އޮތް އަޟްހާ ޢީދާ ދިމާކޮށް ކޭބަލް ޓީވީގެ ޚިދުމަތް ދޭ އެސްއެސް ނެޓުން ބޮޑު ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްއެސް ނެޓުގެ ޑިރެކްޓާ، ސޭލްސް އެންޑް މާކެޓިން، އަސްރާ ނަސީމް (އަސޫ) ވިދާޅުވީ މިއީ އެސްއެސް ނެޓުގެ ޚިދުމަތަށް ރަޖިސްޓްރީކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ.

ޕްރޮމޯޝަނުން ހޮވާ ތިން ނަސީބުވެރިންނަށް ހިލޭ ޖޯއީބޮކްސްއާއި ހިލޭ ޚިދުމަތަށް ގުޅައިދިނުން --
މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަަށްދާ މި ޕްރޮމޯޝަނުގެ ތެރެއިން އެސްއެސް ނެޓުގެ ޚިދުމަތަށް ރަޖިސްޓްރީކޮށްލައިގެން އަގުހުރި އިނާމުތަކުގެ ގުރުއަތަށް އެ ކަސްޓަމަރަކަށް ބައިވެރިވެވޭނެއެވެ.
އެސްއެސް ނެޓުގެ މި ޕްރޮމޯޝަން މުއްދަތުގައި ޚިދުމަތަށް ރަޖިސްޓްރީކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަަށް އަގުހުރި އިނާމުތަކެއް ވެސް ވަނީ ޚާއްސަ ކުރެވިފައެވެ.

އެސްއެސް ނެޓުގެ ޕްރޮމޯޝަން އެއްވަނަ ހަދިޔާ
އެގޮތުން އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް ޢުމްރާ ދަތުރަކާއެކު 60 އިންޗީގެ ޓީވީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިލޭ ޖޯއީބޮކްސްއަކާއި ހިލޭ ގުޅައިދިނުމާއެކު ތިން މަހުގެ ޚިދުމަތް ހިލޭ ލިބޭނެއެވެ.
ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް 43 އިންޗީގެ ޓީވީއެއްގެ އިތުރުން ހިލޭ ޖޯއީބޮކްސްއަކާއި ހިލޭ ގުޅައިދިނުމާއެކު ތިން މަހުގެ ޚިދުމަތް ހިލޭ ލިބޭނެއެވެ.
ތިންވަނަ އިނާމަކަށް ހިލޭ ޖޯއީ ބޮކްސްއަކާއެކު ތިން މަސް ދުވަހުގެ ޚިދުމަތް ލިބޭނެއެވެ.