ސްޕައިޑާމޭންގެ އާމްދަނީ 500 މިލިއަން ޑޮލަރަށް

ސްޕައިޑަމޭންގެ އެނިމޭޝަން ބޮޑު ހިޓެެއްް ކަމަށްވާ "އިންޓު ދަ ސްޕައިޑަ ވާސް"ގެ ދެވަނަ ފިލްމުގެ އާމްދަނީ 489.3 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިފިއެވެ.

މުޅިން ތަފާތު އެނިމޭޝަން ސްޓައިލަކާ އެކު 2018 ވަނަ އަހަރު ނެރުނު ސްޕައިޑަމޭންގެ އާ ވާހަކައެއް ކަމަށްވާ އިންޓު ދަ ސްޕައިޑަވާސް ވަނީ ބޮޑު ހިޓަކަށް ވެފައެވެ. ފުރިހަމަ ރިވިއުތަކާ އެކު އެކި އެވޯޑު ހަފުލާތަކުގައި ވެސް ވަނީ ފިލުމަށް ބޮޑެތި ކާމިޔާބީތައް ލިބިފައެވެ.

ސްޕައިޑަމޭންގެ އާ ފިލްމު "އެކްރޮސް ސްޕައިޑަވާސް" މިހާރު އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަމުންނެވެ. އަދި، ހީކުރާ މިންވަރަށް ވުރެ ބޮޑު ތަރުހީބެއް މި ފިލްމަށް އަންނަނީ ލިބެމުންނެވެ. މިއީ މި ދުވަސްވަރު ބޮކްސް އޮފީހުގައި އަޅުވަމުން އަންނަ ފްލޮޕްތަކާ ހިލާފަށް ތަފާތު މަންޒަރެކެވެ.

ލަފާ ކުރެވޭ ގޮތުގައި ފިލްމު ދައްކާ ނިމޭއިރު ފިލްމަށް އެއް ބިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް އާމްދަނީ ލިބޭނެއެވެ. ނަމަވެސް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއަށް ވާސިލު ވެވޭނެ ކަމާ މެދު އަދި ޔަގީން ކަމެއް ނެތް ކަމަށް ވާހަކަ ދެކެވެއެވެ.

މި ފިލްމު ވަނީ ފުރަތަމަ ހަފުތާ ބަންދުގައި އެކަނި ވެސް 120 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ. އެއީ މި އަހަރުގެ އެންމެ ބޮޑެތި އޯޕެނިން ހިމެނޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.

އެކްރޮސް ދަ ސްޕައިޑަވާސް އަކީ މައިލްސް މޮރާލްސް ނަމަކަށް ކިޔާ ފުރާ ވަރު ކުއްޖަކަށް ސްޕައިޑަމޭންގެ ބާރުތައް ލިބި އިތުރު ސްޕައިޑަމޭން އުޅޭކަން އެނގި ކަންތައްތައް ވާ ގޮތް ދައްކުވައިދޭ ފިލްމެކެވެ.

comment ކޮމެންޓް