ބީއެމްއެލްގެ އިސްލާމިކް ފައިނޭންސިންއަށް ހުށަހަޅައިގެން 50،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް ގެ މެއިން ބްރާންޗު -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން އެ ބޭންކުގެ އިސްލާމިކް ފައިނޭންސިން އަށް ހުށަހަޅައިގެން 50،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ބީއެމްއެލް އިސްލާމިކް ފައިނޭންސިން ގެ ކޮންމެ ޕްރޮޑަކްޓަކަށް ވެސް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 3000 ރުފިޔާ ލިބޭނެއެވެ.

އަދި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބޮޑު އިނާމެއްގެ ގޮތުގައި 50،000 ރުފިޔާ މި ޕްރޮމޯޝަން ނިމުމުން ލިބޭނެއެވެ.

ބީއެމްއެލް އިން ކުރިއަށްގެންދާ ޕްރޮމޯޝަން

މި ޕްރޮމޯޝަނާއި އަދި ބީއެމްއެލް އިސްލާމިކް ފައިނޭންސިން ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މިއަދު ހެނދުނު 9:00 އިން މެންދުރުފަހު 2:00ގެ ނިޔަލަށް އޯޕަންޑޭ އެއް ވެސް ބޭންކުން ދަނީ ކުރިއަށްގެންދަމުންނެވެ.

މި އޯޕަންޑޭ ކުރިއަށްދާ ބީއެމްއެލް އިސްލާމިކް ބްރާންޗުގައި ބައިވެރިވެ ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ ޕްރޮޑަކްޓްގެ މައުލޫމާތު ސާފުކޮށް އެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މި ޕްރޮމޯޝަނުގައި ބީއެމްއެލްގެ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެއެވެ.

comment ކޮމެންޓް