ޓްރީ ޓޮޕް ހޮސްޕިޓަލުގެ ''ހިތާނީ ކޭމްޕް 2023'' ފަށަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕު 2023 ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.

އެ ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 25 ވަނަ ދުވަހެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ހިތާނީ ކޭމްޕްގައި ހަތް ޑޮކްޓަރުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކަތަމް އަބްދުއްލާޔެވް، ޑރ. އަބްދުﷲ އުބައިދު، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފްގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑަ ހިމެނެއެވެ.

ޓްރީ ޓޮޕްއިން ބުނީ، އެ ހޮސްޕިޓަލުގެ މި ކޭންޕުގެ މައިގަނޑު މަގްސަދަކީ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ހިތާނީ ޕެކޭޖްގެ ޚިދުމަތް ހޯދާ މީހުން ދައްކަން ޖެހޭނީ 5000 ރުފިޔާއެވެ. އަދި, ކޮޓަރި އަޕްގްރޭޑް ކުރުމަށް ބޭނުންވާނަމަ ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ވަނީ ހަމަޖެހިފައެވެ.

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް ކިއު އާރް ކޯޑް ސްކޭންކުރަށްވާ ނުވަތަ އެ ހޮސްޕިޓަލުން ފޯރުކޮށްދީފައިވާ ލިންކް ބޭނުން ކުރެވޭނެއެވެ.

comment ކޮމެންޓް