119 މިލިއަން ރުފިޔާގެ ބޮޑު ދެ މަޝްރޫއު އާރުޑީސީއަށް

119 މިލިއަން ރުފިޔާގެ ބޮޑު ދެ މަޝްރޫއު ހިންގަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރުން -- ފޮޓޯ/ އާރުޑީސީ

ސަތޭކަ ނަވާރަ މިލިއަން ރުފިޔާގެ ބޮޑު ދެ މަޝްރޫއެއް ހިންގަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މި ދެ މަޝްރޫއު ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރުމަށް އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ މޫސާ އަލީ (މޫކޭ)އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ.

މި މަޝްރޫޢުގެ ދަށުން ނ. ކެނދިކުޅުދޫ މަގުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެންނެވެ. އަދި އެރަށުގެ 3.7 ކިލޯމީޓަރުގެ މަގު ތާރުއަޅާ ތަރައްގީކުރާނެއެވެ.

އަދި ކެނދިކުޅުދޫގައި 3.7 ކިލޯމީޓަރުގެ މަގު ތާރުއަޅާ ތަރައްޤީކުރާއިރު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫޢަށް 90.8 މިލިއަން ރުފިޔާ ޚަރަދުވާއިރު، މަޝްރޫޢު ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ހއ. ފިއްލަދޫ މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން އެރަށު ބަނދަރު ސަރަހައްދުގެ މަގުތައް ހަދާނެއެވެ.

މިގޮތުން ޖުމްލަ 1.1 ކިލޯ މީޓަރުގެ މަގު ހެދުމާއި، މަގުތަކުގައި މަގުބައްތިޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫއު 240 ދުވަހުގެ ތެރޭގައި ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 29.8 މިލިއަން ރުފިޔާއަށެވެ.

comment ކޮމެންޓް