މަކުނުދޫ އަލިފާނުގެ ހާދިސާ: ތަން ސާފުކޮށް ފްލޯ ޕްލޭން އެކުލަވައިލަނީ

އަލްފާގޭގައި ހިންގި ފިހާރައިގައި ރޯވެފައި --

މިދިޔަ ބުރާސްފަތި ދުވަހު ހދ. މަކުނުދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އަނދާ އަޅިއަށްވި އަލްފާގެ ސާފު ކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް އާއިލާގެ ފަރާތުން މިއަދު ބުނެފިއެވެ.

އެ ގޭގައި ދިރިއުޅުނު ތިން އާއިލާއާ ތިމާގެ ކަމުގެ ގުޅުން އޮންނަ މުހައްމަދު ލުތުފީ "ސަން"އަށް ބުނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ.

ލުތުފީ ބުނީ، ކައުންސިލްގެ އެދުމުގެ މަތިން މިހާރު ކުރިއަށް ދަނީ ފްލޯ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ.

"ފްލޯ ޕްލޭންގެ މަސައްކަތް މިހާރު ހަމަ ނިމިފައި އޮތީ. އެންމެ ފަހުގެ މަސައްކަތްތައް މި ކުރަނީ ފްލޯ ޕްލޭންގެ،" އޭނާ ބުންޏެވެ.

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ދިރާސާ ކުރުމަށް ޑެމޭޖް އެސެސްމެންޓް ހެދުމުގެ މަސައްކަތް ވެސް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ލުތުފީ ބުންޏެވެ.

އަލްފާގޭގައި ހިންގި ފިހާރައިގައި ރޯވެފައި --

ތިން އާއިލާއިން ކުޑަކުދިން ހިމެނޭހެން ޖުމުލަ ނުވަ މީހުން ދިރިއުޅުނު މި ގެ އަލުން އިމާރާތް ކުރުމަށް އެ ރަށުގައި ވަނީ ފަންޑު ފޮށްޓެއް ވެސް ހުޅުވާފައެވެ. އެއީ، ކައުންސިލްގެ ދަށުން ބަލަހައްޓާ ކަމަކަށް ވާތީ، މިހާތަނަށް އެ ފޮށްޓަށް ޖަމާވި ފައިސާގެ އަދަދު ބުނަން ނޭންގޭ ކަމަށް ލުތުފީ ބުންޏެވެ.

މި ހާދިސާގައި، ގެއްލުން ލިބުނު އާއިލާއަށް މުޅި ރަށު ރައްޔިތުންގެ ކިބައިން ލިބޭ އެހީއާއި ހިތްވަރު ލުތުފީ ފާހަގަ ކުރިއެވެ. އޭނާ ބުނީ، ކައުންސިލުން ބޭނުންވަނީ ކައުންސިލުގެ ބެލުމުގެ ދަށުން ހުރިހާ ކަމެއް ކުރިއަށް ގެންގޮސް ވީ އެންމެ އަވަހަކަށް އެގޭގައި މީހުން ދިރިއުޅެވޭވަރު ކުރަން ކަމަށެވެ.

"މި ކަމުގަ މަކުނުދޫ ކައުންސިލުން ކަންކުރާ ގޮތަކީ ނަމޫނާއެއް. އެއީ ހަމަ ހުރިހާ ފަރާތަކަށް ވެސް މިފަދަ ހާދިސާއެއް ހިނގައިފިނަމަ ބަލަންތިބި އިދަރާ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގުޅާ ހާލުބަލާ ކައުންސިލުން،" ލުތުފީ ބުންޏެވެ.

https://sun.mv/177937

ލުތުފީ ބުނީ ބެލެވޭ ގޮތުގައި އަލިފާން އެންމެ ފުރަތަމަ ރޯވީ ގުދަނުގައި ހުރި ކަރަންޓު ބޯޑެއްގައި ކަމަށެވެ.

comment ކޮމެންޓް