މިއީ ސަތޭކައިގެ މީހުންނަށް ބުނާ ސަތޭކައިގެ ވާހަކައެއް!

މިއީ ސަތޭކައިގެ މީހުންނަށް ޚާއްސަ ވާހަކައެކެވެ. ސީދާ "ސަތޭކައިގެ" ވާހަކައެކެވެ. މިއީ މި ދުވަސްވަރު އެންމެ ވައިގައި ހިފާފައިވާ އެއް ކަމުގެ ވާހަކައެވެ. މުޅި ހުޅުމާލޭގެ އެންމެ ބާރުބޮޑު ސަރަހައްދުތަކުގައި ހުރި 100 އެއްގެ ވާހަކައެވެ. ކޮންމެއަކަސް މި "ސަތޭކައެއް" އާންމުން ވަރަށް ބޮޑަށް ސުވާލުމާކެއްގެ ތެރެއަށް ވައްޓައިފިއެވެ.

އަދި ހާސް ވާ ވަރެއް ނުވެއެވެ. މިއީ "ސަތޭކައިގެ" މީހުންނަށް ދިރާގުން އެންމެ ފަހުން ތައާރަފުކުރި "100 ޖީބީ ޕްރިޕެއިޑް ޑާޓާ" ޕެކްތަކެވެ. މިއީ އެ "ސަތޭކައިގެ" ޕެކޭޖުތަކެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ދިރާގުން ތައާރަފުކުރި މި ޕެކޭޖުތަކަކީ މިދިޔަ އީދު ތެރޭގައި ދިރާގުން އާންމުކުރި ޕެކޭޖުތަކަށް ލިބުނު ތަރުހީބަށް ބަލައި، ތަޢާރަފުކުރި ޕެކޭޖްތަކެކެވެ.

މި ޕެކޭޖުތައް ވައިގައި ހިފިލެއް ބޮޑުކަމުން، ދިރާގުން އެންމެ ފަހުން ތަފާތު ފަސް މުއްދަތެއްގެ "ސަތޭކަ ޖީބީގެ" ޕެކޭޖުތަކެއް ތައާރަފުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

- 100 ޖީބީ ތިން ދުވަހަށް 100 ރުފިޔާއަށް
- 100 ޖީބީ ހަތް ދުވަހަށް 225 ރުފިޔާއަށް
- 100 ޖީބީ 14 ދުވަހަށް 400 ރުފިޔާއަށް
- 100 ޖީބީ 21 ދުވަހަށް 550 ރުފިޔާއަށް
- 100 ޖީބީ 30 ދުވަހަށް 750 ރުފިޔާއަށް

ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ފަސޭހަ ގޮތެއްގައި ޑޭޓާ ގިނަ ދުވަހަށް ބޭނުން ކުރުމުގެ ފުރުސަތު ދިނުމުގެ މަގްސަދުގައި ދިރާގުން މިކުރީ ހަމަ ސަތޭކައިގެ ކަމެކެވެ.

މި ޕެކޭޖުތަކާ ބެހޭ މައުލޫމާތު ދެމުން ދިރާގުގެ މެނޭޖަރު ކަސްޓަމާ ވެލިއު މެނޭޖްމަންޓް އައިޝަތު އިޝާނާ މީގެ ކުރިން ވިދާޅުވީ މިޒަމާނުގެ ގޮތުން، ކުރިން 20 ޖީބީ ނުވަތަ 25 ޖީބީއިން ފުދުނު ނަމަވެސް، ހުރިހާ ކަމަކަށް ބޭނުންކުރެވޭ ޑާޓާ ޕެކޭޖްތައް އާންމުންނަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން މި ޕެކޭޖުތައް ތައާރަފުކުރީ ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓްފޯމްތަކުގެ ސަބަބުން ބޮޑެތި ޑޭޓާ ޕެކުތަކެއް ކަސްޓަމަރުން ބޭނުންވާތީ އެ ފުރުސަތު ހޯދައިދިނުމަށް ކަމަށް އައިޝަތު އިޝާނާ ވިދާޅުވިއެވެ.

މި ޕެކޭޖްތައް އެކްޓިވޭޓް ކުރަން ބޭނުންވާ ފަރާތްތަކުން ދިރާގު އެޕް މެދުވެރިކޮށް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ނެގުމުގެ ފުރުސަތު ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް