ރާއްޖޭގެ ޒުވާން ދެ ޓީމުން ލޯ މެޑެލްއާއެކު ތާރީހުގެ ތެރެއަށް

އައިއެޗްއެފް ޓްރޮފީގެ ޒޯން ދޭއްގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމާއި 19 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމުން ލޯ މެޑެލް ހޯދުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

އައިއެޗްއެފް ޓްރޮފީގެ ޒޯން ދޭއްގައި ރާއްޖޭގެ ޒުވާން ދެ ޓީމުން ވެސް ލޯ މެޑެލްއެއް ހޯދައިފިއެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމާއި 19 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމު ވެސް ލޯ މެޑެލް ހޯދީ މިއަދު ނޭޕާލްގެ ޓީމުތައް ބަލިކޮށްގެންނެވެ. މިއީ ހޭންޑްބޯޅައިގެ ތާރީހުގައި ރާއްޖެއިން ހޯދި ފުރަތަމަ މެޑެލްއެވެ.

ބަންގުލަދޭޝްގެ ޑާކާގައި ކުރިއަށްދާ އެ މުބާރާތުގެ ތިންވަނަ ހޮވުމަށް މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ނޭޕާލް ބަލިކުރީ 10-41 އިންނެވެ. އަދި 19 އަހަރުން ދަށުގެ ޓީމުން ނޭޕާލް ބަލިކުރީ ފަސޭހަކަމާއެކު 22-5 އިންނެވެ.

ރާއްޖެއިން ވަނީ މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކަމުންދާ ބަންގުލަދޭޝް އާއި އިންޑިއާއާ ދެކޮޅަށް ވެސް ނުކުމެފައެވެ. ނަމަވެސް އެޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކުން ވަނީ ބަލިވެފައެވެ. ތިންވަނަ ހޮވުމަށް ކުޅުނު މެޗުގެ ކުރިން ނޭޕާލްއާ ދެކޮޅަށް ރާއްޖޭގެ ޓީމުތައް ކުޅުނު މެޗުތަކުން ވަނީ މޮޅުވެފައެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ބަންގުލަދޭޝްގައި ކުރިއަށްގެންދާ އައިއެޗްއެފް ޓްރޮފީ އޭޝިއާގެ ސައުތު ސެންޓްރަލް އޭޝިއާ ޒޯންގެ ޔޫތު އެންޑް ޖޫނިއާ މުބާރާތަކީ އަންހެނުންގެ އައިއެޗްއެފް ޓްރޮފީ އޭޝިއާގެ ކޮލިފިކޭޝަން މުބާރާތެކެވެ.

comment ކޮމެންޓް