އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މިފްކޯއިން ޒުވާނުން ތަމްރީން ކުރަނީ

ފެލިވަރު މަސް ފެކްޓަރީގެ ތެރޭގައި މުވައްޒަފުން މަސައްކަތް ކުރަނީ: އެ ފެކްޓަރީގައި މަސައްކަތް ކުރަނީ މުޅިންވެސް އަންހެނުން، ގިނައީ ބިދޭސީ އަންހެނުން -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން 37 ޒުވާނުންނަށް ވަޒީފާގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އާއި މިފްކޯގައި އަލަށް ގާއިމް ކުރާ ސެންޓަރުތަކުގައު މަސައްކަތް ކުރުމަށް ބޭނުންވާ ޒުވާނުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މ. މުލަކާއި، ގދ. ތިނަދޫގައި އަލަށް ގާއިމް ކުރާ ފިޝަރީޒް ކޮމްޕްލެކްސް އާއި ފުވައްމުލަކުގައި ގާއިމް ކުރާ ފިޝް ކަލެކްޝަން ސެންޓަރު ހިމެނެއެވެ.

ފުވައްމުލަކުގައި ހަތަރު ޒުވާނުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު، އެހެން ކޮމްޕްލެކްސްތަކުގައި 11 ޒުވާނުން ތަމްރީން ކުރާނެއެވެ.

ޒުވާނުން ތަމްރީން ކުރާ ދާއިރާތަކުގެ ތެރޭގައި ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން މެކޭނިކް، މެކޭނިކަލް އިންޖިނިއަރިން، މެރިން މެކޭނިކްސް، އޮޓޮމޯޓިވް މެކޭނިކްސް އަދި އިލެކްޓްރީޝަންގެ އިތުރުން ފިޝް ޕްރޮސެސިން އާއި ދަނޑުވެރިކަމާ ގުޅޭ ކަންކަން ވެސް ހިމެނޭނެ ކަމަށް މިފްކޯއިން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އުޖޫރައެއްގެ ގޮތުގައި 6،000 ރުފިޔާ ލިބޭއިރު، ލެވެލް 3 ގެ ސެޓްފިކެޓެއް ވެސް ލިބޭނެއެވެ.

comment ކޮމެންޓް