އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރަކަށް އިޔާދު

އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު---

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރު ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު އައްޔަންކޮށްފިއެވެ.

އިޔާދު އެ މަގާމަށް ހަމަޖައްސާފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ތިންވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 23ވަނަ ބައްދަލުވުމުގައެވެ. އަދާލަތުން ވަނީ ރިޔާސީ އިންތިޚާބާ ގުޅޭ ކަންކަމުގައި އެ ޕާޓީގެ ފަރާތުން ހަރަކާތްތެރިވާނެ މެންބަރުން ހިމެނޭ ސްޓިއަރިން ކޮމިޓީއެއް ވެސް އެކުލަވާލައިފައެވެ.

އެ ކޮމިޓީގައި ހިމެނެނީ 13 މެންބަރުންނެވެ.

އަދާލަތު ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ކޯލިޝަންގައި ދެމި އޮތް ޕާޓީއެވެ. އެ ޕާޓީން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިޙާ އެކު ކޯލިޝަން ހެދުމަށް ދެއްވި ދައުވަތު ގަބޫލު ކޮށްފައެވެ.

އަދާލަތުގެ އިތުރުން އެމްޑީޕީ އާ އެކު ދެން ކޯލިޝަން ހަދާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އެވެ.

comment ކޮމެންޓް