ސިވިލް ކޯޓުގެ އިސްގާޒީ އަކަށް ނިމާލް، ކްރިމިނަލް ކޯޓުގެ އިސްގާޒީކަން އާދަމް މުޙައްމަދަށް

ސިވިލް ކޯޓުގެ އިސްޤާޟީއަކަށް ހަމަޖެއްސި އަޙްމަދު ނިމާލް(ކ) އަދި ކްރިމިނަލް ކޯޓުގެ އިސްގާޒީއަކަށް ހަމަޖެއްސި އާދަމް މުޙައްމަދު ----

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އިސްގާޒީން މިއަދު ހަމަޖައްސައިފިއެވެ.

ސިވިލް ކޯޓުގެ އިސްގާޒީއަކަށް ހަމަޖައްސާފައިވަނީ ގއ. މާމެންދޫ، ފެހިގެ، އަޙްމަދު ނިމާލް ޖުނައިދުއެވެ. އަދި ކްރިމިނަލް ކޯޓުގެ އިސްގާޒީއަކަށް ހަމަޖައްސާފައިވަނީ ޅ. ހިންނަވަރު، މާތިލަ، އާދަމް މުޙައްމަދުއެވެ.

ސިވިލް ކޯޓުގެ އިސްގާޒީ އަކަށް ހަމަޖެއްސި އަޙްމަދު ނިމާލް ޖުނައިދަށް ފަތްކޮޅު ހަވާލު ކުރައްވަނީ ---

އެ ދެ ކޯޓުން ހުސްވެފައިވާ އިސްގާޒީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުން އިންޓަވިއު ކޮށްފައިވަނީ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިންނެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަކަށް ހަމަޖެއްސި އާދަމް މުޙައްމަދަށް ފަތްކޮޅު ހަވާލުކުރަނީ ----

ސިވިލް ކޯޓުގެ އިސްގާޒީގެ މަގާމު ހުސްވެފައިވަނީ, އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުންނެވެ. އެ މުއްދަތުގައި ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އަހުމަދު ނިމާލް ޖުނައިދުއާއެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހްމަދު ޝަކީލް ހައި ކޯޓަށް ބަދަލު ވުމުންނެވެ.

comment ކޮމެންޓް