ޕެރަ އެތުލެޓިކްސްއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލް

"އިންޑިއަން އޯޕަން އިންޓަރނޭޝަނަލް ޕެރައެތުލެޓިކްސް ޗެމްޕިއަންޝިޕް 2023" އިން މުޙައްމަދު މާޒިން ރާއްޖެ ތަމްސީލުކޮށް ރަންމެޑަލް ހޯދައިފި.

"އިންޑިއަން އޯޕަން އިންޓަނޭޝަނަލް ޕެރައެތުލެޓިކްސް ޗެމްޕިއަންޝިޕް 2023" އިން މުޙައްމަދު މާޒިން ރާއްޖެ ތަމްސީލުކޮށް ރަން މެޑަލް ހޯދައިފިއެވެ.

އިންޑިޔާގެ ބެންގަލޫރުގައި މި މަހުގެ ހަތަރަކުން ހަތަކަށް ކުރިއަށް ދާ ފަސްވަނަ އިންޑިއަން އޯޕަން އިންޓަނޭޝަނަލް ޕެރައެތުލެޓިކްސް ޗެމްޕިއަންޝިޕް 2023 މުބާރާތުގައި މާޒިން ރަންމެޑަލް ހޯދީ ޓީ 11ގެ ކެޓަގަރީން 100 މީޓަރުގެ ދުވުމުގެ ބައިންނެވެ.

އިންޓަނޭޝަނަލް ޕެރައޮލިމްޕިކް ކޮމިޓީގެ ގްރާންޓްގެ ދަށުން ބައިވެރިވި މި މުބާރާތުގައި 12 ޤައުމަކުން ވާދަކުރެއެވެ.

ރީޖަނަލް ސްޕޯޓްސް ޓްރެއިނިންއާ އެކު ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭން ޕެރަ އެތުލެޓިކްސް ކުޅުންތެރިއަކާ ޕެރަ އެތުލެޓިކްސް ކޯޗަކާ ޕެރަ އެތުލެޓިކްސް ޓެކްނިކަލް އޮފިޝަލެއްގެ އިތުރުން ޕެރަ ބެޑްމިންޓަން ކްލެސިފަޔަރަކު ވަނީ ތަމްރީނު ކުރެވިފައެވެ.

"އިންޑިއަން އޯޕަން އިންޓަރނޭޝަނަލް ޕެރައެތުލެޓިކްސް ޗެމްޕިއަންޝިޕް 2023" އިން މުޙައްމަދު މާޒިން ރާއްޖެ ތަމްސީލުކޮށް ރަންމެޑަލް ހޯދުން--

މިއީ ރާއްޖޭގެ ޕެރަ އެތުލެޓިކްސް އިން ހޯދުނު ތިންވަނަ ރަން މެޑެލެވެ.

މީގެ ކުރިން އެމެރިކާގައި 2022ވަނަ އަހަރު ބޭއްވުނު ޕޭން އެމިކަންގޭމްސްގައި ވާދަކޮށް ރާއްޖޭން ވަނީ ދެ ގޯލްޑް މެޑަލް ހޯދައިފައެވެ. ނަމަވެސް މުޙައްމަދު މާޒިން މި ހޯދި ރަން މެޑަލްއަކީ ގްރޭންޕްރީ ލެވަލްގެ ބައިނަލްއަޤްއާމީ، ވޯލްޑް ޕެރަ އެތުލެޓިކްސް ފެޑެރޭޝަނުން ސަންކްޝަން ކުރާ މުބާތެއްގައި ހޯދުނު ފުރަތަމަ ރަން މެޑެލްއެވެ.

comment ކޮމެންޓް