އޭލެވެލް އިމްތިހާނުގައި ރަން ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.
މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ދުނިޔޭގެ ކޮންމެ ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލާޝިޕާ ބެހޭ އުސޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ހައި އެޗީވާސް ސްކޮލާޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ހުޅުވާލާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖެ އާއި ސާކްގެ އެހެނިހެން ޤައުމުތަކުގެ އިތުރުން މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ޤައުމުތަކެވެ.
ރައީސް ދެއްވާ ޚާއްސަ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް، މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާން ހެދި ދިވެހި ދަރިވަރަކަށްވާން ޖެހެއެވެ.
މީގެ އިތުރުން ޖީސީސީ އޭ ލެވެލްގެ އިސްލާމް އާއި ދިވެހި ހިމެނޭހެން ފަސް މާއްދާއިން އޭ ފާސް ހޯދާފައިވުމާއެކު ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން "އޭ ސްޓާ" ހާސިލުކޮށްފައި ވާން ޖެހެއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މި ހުޅުވާލައި ސްކޮލަޝިޕަށް ހުޅުވާލާތާ 18 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އެކަމަށް ކުރިމަތިލެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެެވެ.