އެއާޓެގް ފަދަ ޑިވައިސްތަކަށް ދިމާވާ މައްސަލަތައް އެޕަލް އާއި ގޫގުލް ގުޅިގެން ހައްލުކުރަނީ

އެއާޓެގް ފަދަ ޑިވައިސްތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް އެޕަލް އާއި ގޫގުލް ގުޅިގެން ހައްލު ކުރަން ވަނީ ފަށާފަ --- ފޮޓޯ/ އީޕީއޭ

ގެއްލޭ ތަކެތި ހޯދަން ބޭނުންކުރާ އެއާޓެގް ފަދަ ބްލޫޓޫތު ޑިވައިސްތަކުން މީހުން ނާޖާއިޒު ގޮތުގައި ޓްރެކް ކުރުން ހުއްޓުވުމަށް، އެޕަލް އާއި ގޫގުލްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފިއެވެ.

އެ ދެ ކުންފުނިން ވަނީ، އައިއޯއެސް އާއި އެންޑްރޮއިޑް ބްލޫޓޫތު ޑިވައިސްތައް ބޭނުންކޮށްގެން ގަވާއިދާ ޚިލާފަށް ޓްރެކް ކުރާ ނަމަ އެ ޑިވައިސް ބޭނުން ކުރާ މީހަކަށް އެލާޓް ދޭން ޑްރާފްޓް ރިޕޯޓެއް އެކުލަވާލާފައެވެ.

އެ ރިޕޯޓް އެކުލަވާލިއިރު، ޑިވައިސްތައް އުފައްދާ ފަރާތްތަކުގެ އިތުރުން އެކި ސޭފްޓީ އެންޑް އެޑްވޮކޭސީ ގްރޫޕްތަކުގެ ފީޑްބެކް ހިމަނާފައިވާ ކަމަށާއި، ސެމްސަންގް އިލެކްޓްރޯނިކްސް އާއި ކޮންސިއުމާ އިލެކްޓްރޯނިކްސް ކުންފުނި ޓައިލް ފަދަ ކުންފުނިތަކުގެ އެއްބާރުލުން ލިބިފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެއާޓެގް ތައާރަފުކުރި ފަހުން ޕްރައިވެސީ އެކްސްޕާޓުންނާއި ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން ބުނަމުން ދަނީ ބައެއް މީހުން އެ ތަކެތި ބޭނުންކުރަނީ ގޯސް ބޭނުންތަކަށް ކަމަށެވެ.

އެއާޓެގްތަކަކީ ތަޅުދަނޑި، ވޮލެޓް، ބެކްޕެކް އަދި އެހެނިހެން ތަކެތީގައި އެޓޭޗްކޮށް، އެތަކެތި ގެއްލުމުން އެ ތަކެތި ހޯދޭނެ ގޮތަށް ފަރުމާކޮށްފައިވާ ޑިވައިސްތަކެކެވެ.

ޕްރައިވެސީ އިތުރުކުރުމުގެ ގޮތުން އެޕަލްއިން ވަނީ 2021 ވަނަ އަހަރު އެންޑްރޮއިޑް ޑިޓެކްޓާ އެޕްލިކޭޝަނެއް ތައާރަފުކޮށް ކައިރީގައި ހުރި އެއާޓެގްސް ނުވަތަ އެފަދަ އެހެން އައިޓަމް ޓްރެކާތައް ސްކޭންކޮށް، އެ މީހުންނާ އެކު، އެ މީހުންނަށް ނޭނގި ގެންދެވޭތޯ ބެލޭނެ ގޮތް ހަދާފައެވެ.

comment ކޮމެންޓް