ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހާ ދިމާކޮށް ލޭ ހަދިޔާކުރުމުގެ އިވެންޓެއް ފަށައިފި

ސަން ސިޔާމް ރިސޯޓްސްގެ އަހަރީ ދުވަހާ ގުޅިގެން ލޭ ހަދިޔާކުރުމުގެ އިވެންޓު ފެށުމުގެ ކުރިން ހުރިހާ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިލައިގެން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ސަން ސިޔާމް ރިސޯޓްސްގެ 33 ވަނަަ އަހަރީ ދުވަހުގެ މުނާސަބަތުގައި ލޭ ހަދިޔާކުރުމުގެ އިވެންޓެއް ފަށައިފިއެވެ.

މިއަދު ތެލެސީމިއާ ސެންޓަރުގައި މި އިވެންޓު ފަށައިފައިވާއިރު މިއަދު ލޭ ހަދިޔާކުރާނީ ސަން ސިޔާމް ރިސޯޓްސްގެ މާލޭ އޮފީހުގެ މުވައްޒަފުންނެވެ.

މިއަދުގެ އިވެންޓުގައި ސަން ސިޔާމް ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާކުރާނެއެވެ.

ތެލެސީމިއާ ސެންޓަރުގައި ހުންނަވާ "ސަން"އާ ވާހަކަ ދައްކަވަމުން ސަން ސިޔާމް ގުރޫޕްގެ ޑިރެކްޓަރު, ޑރ. އާއިޝަތު ރަފިއްޔާ ވިދާޅުވީ އެ ކުންފުނިން އެންމެ ފުރަތަމަ މިފަދަ އިވެންޓެއް ބޭއްވީ 2015 ވަނަ އަހަރު ކަމަށެވެ.

"މި ކޭމްޕުގައި އެބައުޅޭ 500އަށްވުރެ ގިނަ ރެޖިސްޓާޑް ޑޯނާސް އަޅުގަނޑުމެންގެ ސަން ސިޔާމް މުޅި ފެމިލީ ނުވަތަ ގުރޫޕުގެ ތެރެއިން، ހުރިހާ ރިސޯޓަކުން ވެސް އަޅުގަނޑުމެންނަށް އެބަ ޑޮނޭޓް ކުރައްވާ،" ރަފިއްޔާ ވިދާޅުވިއެވެ.

ސަން ސިޔާމް ގުރޫޕްގެ ޑިރެކްޓަރު ޑރ. އާއިޝަތު ރަފިއްޔާ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ލޭ ހަދިޔާކުރުމުގެ މި އިވެންޓު މިއަދު ފަށައިފައިވާއިރު އެކި ދުވަސްތަކަށް ބަހާލައިގެން ޖޫން މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. އޭގެ ތެރެއިން އެކި ދުވަސްތަކުގައި ލޭ ހަދިޔާކުރާނީ އެކި ރިސޯޓްތަކުންނެވެ.

ރާއްޖޭގައި ތެލެސީމިއާގެ 940 ރެޖިސްޓާޑް ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން 320 ކުދިން ފަރުވާ ހޯދަނީ މާލޭގައެވެ.

comment ކޮމެންޓް