ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 8:44 ހާއިރުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ, ބްރުޖިިމަތިން ކަނޑަށް ފުންމާލާފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ލޯންޗަކުން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ, ކަނޑުން ސަލާމަތްކޮށްގެން ގެނައި މީހާއަށް އެ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އިތުރު ތަފްސީލް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.