ރަމަޟާން ކްރިކެޓް ކާނިވަލް ކުންފުނިތަކުގެ ބައިގެ ޗެމްޕިއަންކަން ފަތަހަ ސްޓާސް ހޯދައިފި

ރަމަޟާން ކްރިކެޓް ކާނިވަލް ކުންފުނިތަކުގެ މުބާރާތުގެ ފައިނަލްމެޗަށްފަހު ޗެމްޕިއަމް ފަތަހަ ޓީމް--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރަމަޟާން ކްރިކެޓް ކާނިވަލް ކުންފުނިތަކުގެ މެދުގައި ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ، ފަތަހަ ސްޓާސް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ފަތަހަ ސްޓާސް ހޯދާފައި ވަނީ ފައިނަލުގައި މިއަދު ހަވީރު، ވަރަކަޕޯލާ އާ ދެކޮޅަށް ކުޅުނުމެޗް 33 ލަނޑުން ކާމިޔާބުކޮށްގެންނެވެ. ޓޮސް ދިމާވުމުން ވަރަކަޕޯލާ ގަސްދުކުރީ ހޮވުމަށެވެ.

ފަތަހަ ސްޓާއިން ވަނީ ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން 144 ލަނޑު ހަދާފައެވެ. މިއީ މި މުބާރާތުގެ އެންމެ މަތީ ސްކޯއެވެ.

ރަމަޟާން ކްރިކެޓް ކާނިވަލް ކުންފުނިތަކުގެ މުބާރާތުގެ ފައިނަލް މެޗްގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މި އިނިންގްސްގައި ފަތަހައަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 16 ބޯޅައިން 56 ލަނޑު ހެދި ސައިދުލް އިސްލާމެވެ. ދެން އެންމެ ގިނަ ލަނޑު ހަދާފައި ވަނީ 25 ލަނޑު ހެދި މެހެންދި ހަސަނެވެ. މި މެޗްގައި ފަތަހައިގެ ލަހިރު އާއި ޗަންދަނާ ވަނީ ދެ ވިކެޓް ނަގާފައެވެ.

ޖަވާބުގައި ވަރަކަޕޯލާ ކުޅެން އަރައި 8 އޯވަރު ހަމަވެގެން 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 111 ލަނޑެވެ. ވަރަކަޕޯލާއަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 37 ލަނޑު ހެދި މުހަންމަދު ސިޔާމް އާއި 24 ލަނޑު ހެދި ސާނަކައެވެ.

ރަމަޟާން ކްރިކެޓް ކާނިވަލް ކުންފުނިތަކުގެ މުބާރާތުގެ ފައިނަލް މެޗަށް ފަހު ތައްޓާއި ހަނދާނީ ލިޔުން ހަވާލުކުރުމުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް

މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު އުކުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކަށް ހޮވުނީ ފަތަހަ ސްޓާސްގެ ސައިދުލް އިސްލާމެވެ. މުބާރާތުގެ އެންމެ ގިނަ ވިކެޓް ނެގީ ވަރަކަޕޯލާގެ ސަތީސްއެވެ.

comment ކޮމެންޓް