ކްރިކެޓުގެ ތާރީހީ ޕްރޮގްރާމުތަކެއް މާލޭގައި ފަށައިފި

ކްރިކެޓުގެ ތާރީހީ ޕްރޮގްރާމުތަކެއް މާލޭގައި ފެށުން --

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ން އިންތިޒާމްކޮށްގެން ބާއްވާ ހައި ޕާފޯމަންސް ސެމިނާއަކާއި ކްރިކެޓް ލެވެލް ދޭއްގެ ޓިއުޓާ ކޯހެއް މާލޭގައި ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ސެމިނާ ރޫމްގައި އެޑިއުކޭޓާ ކޯސް ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އަދި ހައި ޕޯފާމަންސް ޕްރޮގްރާމް ކުރިއަށްދާނީ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު މީރުމާ މާލަމުގައެވެ.

އައިސީސީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ކޯހާއި ހައި ޕާފޯމަންސް ޕްރޮގްރާމްގައި 14 ޤައުމަކުން ވަނީ ބައިވެރިވެފައެވެ. މި ކޯހުގައި ކިޔަވައިދެނީ އައިސީސީ ޓިއުޓަރުން ކަމަށްވާ އިގްބާލް ސިކަންދަރާއި އަމީނުލް އިސްލާމްގެ އިތުރުން ޕާކިސްތާން ކްރިކެޓް ބޯޑުގެ ކޯޗް ޝާހިދު އަސްލަމެވެ.

މީ ރާއްޖޭގެ ތާރީހުގައި އައިސީސީން މިފަދަ ޕްރޮގްރާމްއެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ކޯހުން ފާސްވާ ފަރާތްތަކަށް އައިސީސީން ދޭ ސެޓްފިކެޓަށް ކޮންމެ ޤައުމެއްގައި ވެސް ކޯސް ހިންގުމުގެ ހުއްދަ ލިބޭނެއެވެ. މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ކްރިކެޓް ބޯޑުގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް